ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "ވެށި ބާރު" ގެ ނަމުގައި ކޮމިޔުނިޓީ ޕްރޮގްރާމް ތަކެއް ހިންގުމަށް އެއްބަސްވެ، ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމެންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއެކު ވެވުނު އެއްބަސްވުމެކެވެ.
ޔޫތް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވެވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާސިޙް އެވެ. އަދި ސްކީމްގެ ފަރާތުން ސޮއިކުރެއްވީ ޖަމިއްޔާގެ ރައީސާ ޝިމްލާ އަޙްމަދެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ސްކޫލް ކުދިން ހިމެނެއެވެ. އަދި ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސްތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ހާއްސަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައި ވެއެވެ.
ސްކީމްގެ ރައީސާ ޝިމްލާ ވިދާޅުވީ މި ޕްރޮގްރާމު އަތޮޅުތަކުގެ ތެރޭގައި ހިންގާއިރު، އެ އަތޮޅެއްގައި ތިބި ރަށު ފެންވަރުގެ ޖަމިއްޔާތަކާއި ކައުންސިލްތަކާއި ވެސް ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބަލާނެ ކަމަށެވެ. އަދި ޕްރޮގްރާމުތައް ޑިޒައިން ކޮށްފައިވާނީ ކޮމިޔުނިޓީއާއި ވަރަށް ބޮޑަށް ގުޅިގެން ކުރިއަށް ގެންދެވޭ ޙަރަކާތްތަކެއްގެ ގޮތުގައި ކަމަށެވެ.
"އެގޮތުން އެކިއެކި މުއައްސަސާތަކާ ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ފަންނު ތަކުގައި ގާބިލް ބޭފުޅުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދެވޭ ޕްރޮގްރާމް ތަކެއްގެ ގޮތުގައި ހުރިހާ ޕްރޮގްރާމެއް ވެސް ކުރިއަށްދާނީ" ޝިމްލާ ވިދާޅުވިއެވެ.
މިގެ އިތުރުން މި ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށާއި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދާ ބޮޑު ހަރަކާތަކާއެކު ޕްރޮގްރާމް ލޯންޗްކޮށް ޕްރޮގްރާމުގެ މަސައްކަތް ފަށައި، މި އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ޕްރޮގްރާމްތަކެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް
ސްކީމަކީ 2019 ވަނަ އަހަރު ދެކުުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ރަޖިސްޓްރީ ކުރި ޖަމިއްޔާއެކެވެ. ސްކީމުން މިހާތަނަށް ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގދ. އަދި ގއ އަތޮޅުގައި ފާހަގަ ކޮށްލެވޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!