ށ. މިލަންދޫގައި ކަނބަލުންނަށް ހާއްސަ ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް އެރަށު ހެލްތު ސެންޓަރުން ނިންމައިފިއެވެ.
އެ ސެންޓަރުގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި ޕްރޮގްރާމުގައި ހިމެނޭ ބައިތައް ހިއްސާ ކޮށްފައެވެ.
އެގޮތުން ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާއިމެދު ހޭލުންތެރިވުމާއި ކެއުން ބަހައްޓަންވީ ގޮތް ހިމެނެއެވެ. އަދި އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަބަދަލުތަަކާއިމެދު ހޭލުންތެރިވުން ހިމެނެއެވެ.
މީގެ އިތުރުން ޒުމްބާ އާއި އެރޮބިކްސް ކްލާސްތައް ވެސް ވަނީ ހިމަނާފައެވެ.
މިލަންދޫ ޔޫތް ސެންޓަރުގެ އިންޑޯ ރޫމުގައި މި ކްލާސްތައް އަމާޒުކޮށްފައިވަނީ 18 އަހަރާއި 45 އަހަރުގެ މީހުންނަށެވެ.
މި ފެބްރުއަރީ މަހުގެ 16 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ މި ޕްރޮގްރާމުގައި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ފިޓްނެސް، އެރޮބިކްސް އެންޑް ޒުމްބާ އިންސްޓްރަކްޓަރ އަދި ޕާރސަނަލް އިންސްޓަރަކްޓަރ ނާހިދާ އަލީ (ނާހި) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!