ގޭންގުތަކާ މީހުން ގުޅުމަށް މެދުވެރިކުރުވާ މައިގަނޑު އެއް ކަމަކީ އެއް ތަނެއްގައިތޮއްޖެހިގެން އުޅެން ޖެހުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުުވެއްޖެއެވެ.

އެމްއެންޕީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވަޒީފާ އަދާކުރާ އުމުރަށް އަޅައިގެން ބޮޑު މީހަކަށްވާއިރުވެސް ޖެހެނި މައިންބަފައިންނާއި ނޫނީ އެހެންވެސް ގާތްތިމާގެ މީހުންނާއެކު ކުޑަކުޑަ ތަންތަންކޮޅުގައި ޝެއަރ ކޮށްގެން އުޅެން ކަމަށެވެ.

Ad
rt

މީހަކާ ނީންނަހާ ހިނދަކު ފްލެޓެއް ލިބުގެ މަގެއް ނޯންނަ ކަމަށާއި ކައިވެނި ކުރިޔަސް، ބޯހިޔާވަހިކަމުގެ ޔަޤީން ކަމެއް ނޯންނަ ކަމަށެވެ. އަދި މިއީ ތަހުޒީބު މުޖުތަމައެއްގައި ކަންކަން އިންތިޒާމް ވެގެން ވާންޖެހޭނެ ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން ކައިވެންޏެއް ކުރަންވާނީ، ކައިވެނިކޮށްގެން، ހަމަޖެހިގެން، ދިރިއުޅެވޭނެ ތަނެއް ހޯދައި ހަމަޖައްސައިގެން ކަމަށްވެސް ވިދާޅުވިއެވެ.

" އެހެންނޫނީ އެކި ކަހަލަ އާއިލީ އަދި އެހެނިހެން ކަންކަމާ ގުޅިގެން ކައިވެނި ރޫޅުމުގެ ފުރުޞަތު އޮންނާނެ. 18 އަހަރުން ވުމަކީ ހިޔާވަހިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވީ ކަމަށް އަޅުގަނޑު ނިންމީ މި ދެންނެވި ސަބަބުތަކާއި ގުޅިގެން."

ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި 18 އަހަރުވުމުން ބޯހިޔާވަހިކަން ލިބޭގޮތަށް ނިންމީ ރަނގަޅު ޒަވާޖީ ޙަޔާތަކަށް ފުރުޞަތު ފަހިކުރުމަށް ކަމަށެވެ. އަދި ހަރުދަނާ އާއިލާއެއް ޤާއިމްވުމުގައި އެހީތެރިވުމަށް ކަމަށެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ މިފަހަކަށް އައިސް މާލެގައި މާރާމާރީތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.