މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް 4 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވައިފިއެވެ.
އެ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް މެމްބަރަކު އައްޔަން މިކުރަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 15 ގައި ހަމަވާތީއެވެ.
ބްރޯޑްކޮމް އަށް އައްޔަންކުރެއްވުމަށް ފޮނުއްވެވި ނަންތައް
1- ޝިހާމް މުޙައްމަދު ވަޙީދު، ރސ.5143
2- ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ، ދ.ކުޑަހުވަދޫ
3- ޙުސައިން ޢަމްރު، ވ.ރޯޝަން
40 ޝަފާ ޝަފީގް، ބިއްލޫރިވިލާ، ދ.މީދޫ
މި ހަތަރު ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިއްބެވީ، އެކޮމިޝަންގެ ރައީސާ މަރްޔަމް ވަޙީދާއާއި، ނާއިބު ރައީސް މުޙައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ އަމްޖަދު ވަހީދާއި، އަލީ ޔޫސުފާއި، އާމިނަތު އަމީނާއާއި، ޝިފްލާ އިބްރާހީމްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!