މިސަރުކާން މަސްތުވާތަކެއްޗާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަށް ހެޔޮ ބަދަލުތައް ފެނޭ: ޝިފާއު
މިސަރުކާން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުރަތަމަ ދުވަހުން ފެށިގެން އަޅަމުންދާ ފިޔަވަޅުތަކަށް ހެޔޮ ބަދަލުތަކެއް ފެންނަކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ޝިފާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވީ ބޮޑު މައްސަލައަކަށްވާއިރު،...