އެމްއޭކަޕް ވޮލީ މުބާރާތް: އަންހެން ފުރަތަމަ މެޗުގައި "މަންފާ" އަށް ފަސޭހަ މޮޅެއް
ކޮންމެ ރަމަޟާން މަހެއްގައި މާލެއަތޮޅު ހުރާގައި ކުރިއަށް ގެންދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު އަންހެން ފުރަތަމަ މެޗު ފަސޭހަކަމާއެކު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ. ހުރައަށް ނިސްބަތްވާ މި ޓީމު ރޭގެ މެޗު ކާމިޔާބުކުރީ ޓީމް ތުލުސްދޫ އާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގެންދިޔައީ 15/25 ،11/25، 16/25 އިންނެވެ. ރޭގެ މެޗުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ދެކުޅުން ތެރިން ކަމުގައިވާ އައިޝަތު މާޖިދާ (މާޖީ) އާއި […]