ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް މަޖިލީހުގެ ކޮމެޓީގެ ރުހުން ޝިހާމް އާއި ސޮފާއަށް!
ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ސާލިހު، މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ރުހުން ދީފިއެވެ. މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓެއް ވަނީ ހަދާފައެވެ. އަދި ކޮމިޓީން ވަނީ އެ ބޭފުޅުންނާ އިންޓަވިއު ވެސް ކޮށްފައެވެ. އެކަންކަން ބެލުމަށްފަހު، ނެގި ވޯޓުން ބްރ...