އިންޓަރނޭޝަނަލް ހޭންޑްބޯލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ހައިޝަމް އަބްދުﷲ ހަންގޭރީއަށް ފުރައިފިއެވެ.

އޭނާ މި ކޯހަށް ފުރާފައިވަނީ އިއްޔެއެވެ. މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ހޯދައިދިން ފުރުސަތެކެވެ.

Ad
rt

މި ކޯސް އޮންނާނީ މިއަދުން ފެށިގެން ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަންގޭރީގެ ބުޑަޕެސްޓުގައެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ ހަންގޭރީގެ ޔުނިވަރސިޓީ އޮފް ސްޕޯޓްސް ސައިންސްގައި ކުރިއަށްދާ މި ކޯހުގައި ކޯޗިންގގެ ބޭސިކުން ފެށިގެން ސްޕޯޓްސް ސައިންސާއި ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްދޭނެ ކަމަށެވެ.

ހައިޝަމްއަކީ ހޭންޑްބޯލް މޯލްޑިވްސް 2013 ގައި ފެށުނީއްސުރެ އަދާހަމައަށް ވެސް އެކި ގޮތް ގޮތުން އެސޯސިއޭޝަންގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ ސްކޫލް ލެވެލްގެ ޓީމުތަކުން ފެށިގެން ގައުމީ ފެންވަރުގެ ޓީމްތަކާއި ގައުމީ ޓީމްތަކުގައި ވެސް މަސައްކަތްކޮށްފައެވެ.