ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ، ވަރުބަލިކަމެއް ނެތި ޚިދުމަތުގައި ހުންނާނެ ކަމަށް އެދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރައްވާ ކެންޑިޑޭޓް އަލީ އަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްއެންޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ އޭނާއަކީ މި ދާއިރާއަށް އައްޔަންކުރާނެ އެންމެހީވާގި، އެންމެކެރޭ، އެންމެމުރާލި އަދި އެންމެގާތުން މަސައްކަތްކުރާނެ މަޖިލިސް މެމްބަރު ކަމަށެވެ. އަދި އެ ގޮނޑިއަށް ހޮވަންވީ ނަޖީތާ ނެރެދޭނެ ކެންޑިޑޭޓަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑު މި ގޮނޑިއަށް ހޮވަންވީ އިހްލާސްތެރިކަމާއެކު ދާއިރާގެ ހުރިހައި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާނެ ކެންޑިޑޭޓަކަށްވާތީ. ތިޔަ ބޭފުޅުންގެ އުދާސްތަކާ ކަންބޮޑުވުންތައް މަޖިލީހާ ހަމައަށް ގެންގޮސްދޭނަން." އަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މި ދާއިރާގެ ރައްޔިތުންނާ އޯގާތެރި ގުޅުމެއް ގެންގުޅެވޭނެ ކެންޑިޑޭޓަކީ އޭނާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ދާއިރާ، ފުދުންތެރި ދާއިރާއަކަށް ހެދޭނީ ވެސް އޭނާ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!