'އާބަންކޯ ޕޭ އެންޑް ވިން' ގެ ނަމުގައި ކޮންމެ ތިން މަހުން އެއްމަހު އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއީ ސޯޝަލް ހައުސިންގ ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރީގެ އާބަންކޯ (ކުރީގެ އެޗްޑީސީ) އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
އެ ކުންފުނިން ބުނީ އަލަށް ލޯންޗް ކުރި "ޕޭ އެންޑް ވިން" ޕްރޮގްރާމަކީ ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމާއެކު ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް އެކި ކަހަލަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއު ޕޭމެންޓެއް ނެތް ފަރާތްތަކަށް ކަމަށާއި އެގޮތުން ގަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާކަމަށް ބުނެއެވެ.
ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވާޑިއުވެފައިވާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދާ އިރު، ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ.
އާބަންކޯ އިން ބުނީ ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށާއި އެގޮތުން ޖެހިޖެހިގެން ހަ މަސް ވަންދެން ގަވައިދުން ކުލި ދައްކައިފިނަމަ މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!