Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
152 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި
Raajje

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި

ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު، މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރުގައި ހޯއްދަވަމުން ގެންދަވާ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ސިންގަޕޫރުގައި ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ފަރުވާގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތު އިތުރުކޮށްދިނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަ...

އެމްއެންޕީގެ ސަރުކާރެއްގައި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ލިބޭނެ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. “ނުއިވޭ އަޑުތައް” މި ސިލްސިލާގެ 5 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ ކަމަށާއި ދޯނީގައި މަސްފިނިކުރެވޭނޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި މަހުގެ އަގު 22 ރުފިޔާއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި...

ޕްރައިމަރީ އޮންނަ ދުވަހު ވެސް ޕާޓީއަށް ސޮއި ކޮށް، ވޯޓު ލެވޭނެ: ދަ ޑިމޮކްރެޓްސް
Raajje

ޕްރައިމަރީ އޮންނަ ދުވަހު ވެސް ޕާޓީއަށް ސޮއި ކޮށް، ވޯޓު ލެވޭނެ: ދަ ޑިމޮކްރެޓްސް

ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ޕްރައިމަރީ އޮންނަދުވަހު ވެސް އެ ޕާޓީއާ ގުޅުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއައްސިސް، އިންތިގާލީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެ ޕާޓީއަކީ ވަރަށް ފަހުން ރަޖިސްޓާވި ޕާޓީއަކަށް ވާތީ، މި ވަގުތަކީ ވެސް ޕާޓީއަށް މެންބަރުން އިތުރު […]

ރަނިންމޭޓެއް ހިޔާރުކުރަން ޔާމީނަށް ދޫކޮށްލައިފި
Raajje

ރަނިންމޭޓެއް ހިޔާރުކުރަން ޔާމީނަށް ދޫކޮށްލައިފި

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ބޭފުޅަކު ހަމަޖައްސަވައިފި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ދައުރުވަމުންދާ ޚަބަރާއި ގުޅިގެންނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ މައުލޫމާތު މީޑިއާ އަށް ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ބުނީ ރަނިންގ މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސ...

މުދައްރިސުންނަށް ސުލޫކީ މިންގަނޑެއް، ސަރުކާރު ބަދުނާމުވާ ގޮތަށް ޢަމަލުކުރުން މަނާ!
Raajje

މުދައްރިސުންނަށް ސުލޫކީ މިންގަނޑެއް، ސަރުކާރު ބަދުނާމުވާ ގޮތަށް ޢަމަލުކުރުން މަނާ!

ސަރުކާރު ބަދުނާމުވާ ގޮތަށް ޢަމަލުކުރުން މަނާކޮށް، ރާއްޖޭގައި މުދައްރިސުންގެ ސުލޫކީ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފިއެވެ. މުދައްރިސުން އަމަލުކުރަން ޖެހޭ ވަކި އުސޫލެއް މީގެ ކުރިން އާންމުކޮށްފައި ނުވާއިރު، މިހައިތަނަށް އަމަލުކުރަމުން ގޮސްފައިވަނީ މުދައްރިސުންގެ ވަޒީފާގެ ބަޔާނުގައި އޮންނަ ގޮތަށެވެ. އެެހެންނަމަވެސް އެހެނިހެން ކަންކަމުގެ ތެރޭގައި ތަނުގެ ވެރިން އަންގާ ގޮތަށް އަމަލުކުރުމާއި ބެހޭ ބައެއް މުދައްރިސުންގެ ވަޒީފާގެ ބަޔާނުގައި ކުރިން ވެސް ހިމަނާފައި ވެއެވެ. މުދައްރިސުންގެ ސުލޫކީ މި...

އިމިގްރޭޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާ އާއެކު އެއްބަސްވުމަކަށް
Raajje

އިމިގްރޭޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާ އާއެކު އެއްބަސްވުމަކަށް

ރާއްޖެ އާއި އިންޑިއާ އާ ދެމެދު، އިމިގްރޭޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާއި ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. “މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ކޯޕަރޭޝަން އޮން އިމިގްރޭޝަން މެޓަރސް” ގެ ނަމުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖުލައި 24 ވީ ހޯމަ ދުވަހުއެވެ. ފޮރިން މިނިސްޓްރީީގައި ކުރިޔަށްދިޔަ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިނެވެ. އިންޑިއާގެ ފ...

ރައީސް ކަމަށް ކުރިމަތިލުމަށް އީސީއަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި ޔާމީނު ސޮއިކުރައްވައިފި
Raajje

ރައީސް ކަމަށް ކުރިމަތިލުމަށް އީސީއަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި ޔާމީނު ސޮއިކުރައްވައިފި

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނެރުމަށް ނިިންމާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ފުރުމަށްފަހު، ޕީޕީއެމް އާ ހަވާލުކޮށްފިއެވެ. ޕީޕީއެމް އިން ބުނީ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ކުރައްވައި، ކަރެކްޝަން މެދުވެރިކޮށް އަނބުރާ އެ ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަ...

ރައީސް ސާލިހަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ބޭފުޅެއްނޫން: އަލީ ޒާހިރު
Raajje

ރައީސް ސާލިހަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ބޭފުޅެއްނޫން: އަލީ ޒާހިރު

ރައީސް ސާލިހަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ބޭފުޅެއްނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހަށް މަލާމާތް ކުރައްވައި، ހަޖޫ ޖައްސަވައި ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ސާލިހަކީ ކޮންމެ ދުވަހަކު ބޭސް ކާންޖެހޭ ބަލި ބޭފުޅެއް ކަމަށް ވިދާޅުވުމުން އެކަމަށް ރައްދުދެއްވައެވެ. ނަޝީދު ވިދާޅުވެފައިވަނީ ސާލިހު ވަނީ ވެފައިވާ ވައުދުތަކުގެ މަތީން […]

ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
Raajje

ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް

ސެޕްޓެެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ. ޔާމީންގެ އިންތިހާބީ އެޖެންޓެއް މިއަދު އިއުލާން ކޮށްފައިވީ ނަމަވެސް، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވޭނެކަމާއިމެދު ވަނީ ޝައްކު އުފ...

އީސީގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
Raajje

އީސީގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށްޓަކައި ބޭއްވި ޖަލްސާގައި އެ ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން ވަނީ ފުވާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނ...

ރިޔާސީ އިންތިހާބު: މިހައިތަނަށް 2000 އަށް ވުރެ ގިނަ މީހުން ރީރެޖިސްޓްރީކޮށްފި
Raajje

ރިޔާސީ އިންތިހާބު: މިހައިތަނަށް 2000 އަށް ވުރެ ގިނަ މީހުން ރީރެޖިސްޓްރީކޮށްފި

މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވައިލުމުން މިހައިތަނަށް 2000 އަށްވުރެ ގިނަ މީހުން (ފޯމު) ރީރެޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް ހުޅުވައިލުމުން ފުރަތަމަ ހަތް ދުވަހު 3،400 އަށްވުރެ ގިނަ ފަރާތުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށެވެ. ރީ-ރަޖިސްޓްރީވުމަށް ފުރުސަތު މި ޖުލައި މަހުގެ 16 [...

ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Raajje

ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑާއެވެ. 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 135,877,224.39ރ (ސަތޭކަ ތިރީސްފަސް މިލިއަން އަށްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި) އަށެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކު...

މިނިވަން ދުވަހުގެ ޖަލްސާގައި ޝަރަފްވެރިކަމުގެ އިނާމު 4 ފަރާތަކަށް
Raajje

މިނިވަން ދުވަހުގެ ޖަލްސާގައި ޝަރަފްވެރިކަމުގެ އިނާމު 4 ފަރާތަކަށް

މިއހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ޖުލައި މަހުގެ 26 ވާ ބުދަ ދުވަހުގެ ހެނދުނު ބޭއްވުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ޖަލްސާ އޮންނާނީ އެދުވަހުގެ ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައި ކަމަށެވެ. އަދި މިޖަލްސާގައި ރައީސް ސާލިހު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ […]

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެ ކަނބަލުން ބާއްވަވާ ބައްދަލުކުރެއްވުން މި މަހު 25 ގައި
Raajje

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެ ކަނބަލުން ބާއްވަވާ ބައްދަލުކުރެއްވުން މި މަހު 25 ގައި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތޢި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި ޖުލައި މަހުގެ 25 ގައ ބޭއްވުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުން އޮންނާނީ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށެވެ. މި ބައްދަލުކުރެއްވުމަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތްއަރުވާފައިވާ ބޭފުޅުންނުންނަށް ގެންދަވަނީ ދައުވަތު އަރުވަމުންނ...

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ
Raajje

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަން އިއުލާންކޮށްފިއެވެ. މިކަން އިއުލާންކޮށްފައިވަނީ އެމެރެކާގެ ސެންފްރެންސިސްކޯ ގައި 17 ޖުލައި އިން 19 ޖުލައި އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ. މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށާއި ދިވެހި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވާލެ...