ހަނަފީ، އާއިލާގެ 60 މެންބަރުންނާއެކު އެމްޑީޕީ އަށް
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ) ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވިކަން ހާމަކުރައްވާފައިވަނީ މިއަދުއެވެ. ހަނަފީ ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑުވައިޒަރުކަމުގެ މަގާމު ވެސް އެއްދުވަހަށް ފުރުއްވާފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވި ދުވަސް ނޫން އަނެއް ދުވަހު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ. ހަނަފީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅ...