Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
152 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

އިލްމުވެރިންގެ ގުޅުމުގެ ގިނަ އިލްމުވެރިންގެ ތާއީދު މުއިއްޒު އަށް
Raajje

އިލްމުވެރިންގެ ގުޅުމުގެ ގިނަ އިލްމުވެރިންގެ ތާއީދު މުއިއްޒު އަށް

ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުގެ ގިނަބައެއްގެ ތާއީދު އޮތީ ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ އިލްމުވެރިންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި 105 ދީނީ އިލްމުވެރިން ވަނީ ބައިވެރިވެފައެވެ. 150 އަށް ވުރެ ގިނަ އިލްމުވެރިން ހިމެނޭ މި ހަރަކާތަކީ ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިންނާއި ޝައިޚުން ނިސްބަތްވާ ހަރަކާތަށްވާއިރު، މިހައިތަނަށް ވެސް ގައުމީ އަދި ދީނީ […]

ރައީސް ޞާލިޙް ނޫނީ ހިޔާލު ތަފާތުވާ މީހުންނާ އެކުގައި މަސައްކަތް ކުރެވޭނެ ވެރިއެއް ނެތް: ޔާސިރު
Thiladhunmathi News

ރައީސް ޞާލިޙް ނޫނީ ހިޔާލު ތަފާތުވާ މީހުންނާ އެކުގައި މަސައްކަތް ކުރެވޭނެ ވެރިއެއް ނެތް: ޔާސިރު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޞާލިޙް ނޫނީ ހިޔާލު ތަފާތުވާ މީހުންނާ އެކުގައި މަސައްކަތް ކުރެވޭނެ ވެރިއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ޔާސިރު ވިދާޅުވީ އޭނާ މި ދާއިރާގެ މެމްބަރުކަން ކުރައްވާތާ މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތަފާތު އެކި ވެރިންނާ ދިމާވެއްޖެ ކަމަށާއި އެހެންނަމަވެސް، އޭގެ […]

ކުރީގެ މެންބަރު އަމީތު އެމްޑީޕީ އަށް ސޮއި ކޮށްފި
Raajje

ކުރީގެ މެންބަރު އަމީތު އެމްޑީޕީ އަށް ސޮއި ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު، ދިވެހި ރައްޔިތުންގެ ޑިމިކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެމްޑީޕީ އަށް ސޮއި ކުރައްވާ، މެމްބަރުޝިޕް ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށެވެ. އަމީތު، އެ ޕާޓީއަށް ސޮއި ކުރެއްވިއިރު، އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން މީގެކުރިން ވެސް ހާމަކުރައްވާފައެވެ. ޖުމްހ...

ޕީއެންސީގެ ސަރުކާރެއްގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކާ އެކު ރިޓަޔަމެންޓް އެލަވެންސެއް
Raajje

ޕީއެންސީގެ ސަރުކާރެއްގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކާ އެކު ރިޓަޔަމެންޓް އެލަވެންސެއް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް އާދެވިއްޖެނަމަ، ޕީއެންސީގެ ސަރުކާރެއްގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކާ އެކު ރިޓަޔަމެންޓް އެލަވެންސެއް ހަމަޖައްސައިދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ލ. ގަމުގައި ބޭއްވި ކެމްޕޭން ޖަލްސާގައި އޭނާ މިކަން ކުރައްވާނެ އުސޫލެއް ގާއިމުކުރާނީ ސިނާއަތުގެ އިސްވެރިންނާއި ސްޓޭކްހޯލްޑަރުންނާއި ގުޅިގެން އެކުލަވާލާ ހާއްސަ ގާނޫނެއްގެ ތެރެއިން ކަމަށެވެ. އަދި މިކަ...

މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނަން: ނާޒިމް
Raajje

މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކެމްޕެއިންގައި އެ އަތޮޅަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައްދޫ އިތުރަށް ތަރައްގީވެ، ފުޅާވެގެން ދާނީ އިތުރަށް ކަންކަން ކުރެވިގެން ކަމަށާއި ގައްދު އާއި މާވަރުލު އެއާޕޯޓް ކޯޒްވޭ […]

ޑިމޮކްރެޓުންގެ ކެމްޕޭނު ޕޯސްޓަރުތައް ހަލާކުކޮށް، ގެއްލުންދިނުން ހުއްޓައިލުމަށް ގޮވައިލައިފި
Raajje

ޑިމޮކްރެޓުންގެ ކެމްޕޭނު ޕޯސްޓަރުތައް ހަލާކުކޮށް، ގެއްލުންދިނުން ހުއްޓައިލުމަށް ގޮވައިލައިފި

ދަ ޑިމޮކްރެޓުންގެ ކެމްޕޭނު ޕޯސްޓަރުތައް ހަލާކުކޮށް، ގެއްލުންދިން މައްސަލަ އެ ޕާޓީ އިން ކުށްވެރިކޮށްފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީ އަށް ރައީސް ސާލިހު ވަޑައިގަންނަވާތީ، އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ސިޓީގެ އެއްވެސް ހިސާބެއްގައި ކެމްޕޭނު ހަރަކާތް ނުހިންގޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ޅ. ނައިފަރުގައި ބަހައްޓާފައިހުރި ޑިމޮކްރެޓުންގެ ޕޯސްޓަރުތަކަށް ސަރުކާރު ޕާޓީގެ މެންބަރުން ފުލުހުންގެ ހާޟިރުގައި ގެއްލުންދީ، ދިދަފަތި...

"މޯލްޑިވްސް ހެލްތް ލައިން" އިފްތިތާހް ކޮށްފި
Raajje

"މޯލްޑިވްސް ހެލްތް ލައިން" އިފްތިތާހް ކޮށްފި

“މޯލްޑިވްސް ހެލްތް ލައިން” އިފްތިތާހް ކޮށްފިއެވެ. މިއީ ސިއްހީ ހިދުމަތް ހޯދަން އެއް ރަށުން އަނެއް ރަށަށް ރައްޔިތުން ކުރަމުން އައި ދަތުރުފަތުރު ހުއްޓުމަކަށް ގެނެސް، ސިއްހީ ދާއިރާގެ އިންތިޒާމްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފް ކުރި ހެލްތު ލައިނެކެވެ. މި ހެލްތް ލައިންގެ ދަށުން އެކި ދާއިރާގެ ޑޮކްޓަރުން ވަކި ޕްލޭނެއްގެ ދަށުން ގަވާއިދުން ރަށްރަށަށް ގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ރައްޔިތުން ސިއްހީ ހިދުމަތް ހޯދަން...

ކޯނީ ރިޕޯޓް މިހާރުވެސް ފެންނަން އެބައޮތް: އުޝާމް
Raajje

ކޯނީ ރިޕޯޓް މިހާރުވެސް ފެންނަން އެބައޮތް: އުޝާމް

ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކޯނީ ރިޕޯޓު، މިހާރުވެސް ފެންނަން އެބައޮތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ […]

ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން: އީސީ
Raajje

ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން: އީސީ

މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބާއި ބެހޭ ލަފާދޭ ކޮމިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ރާވަމުން ގެންދާ ކަމުގެ ޝަކުވާ ކަމަށެވެ. އޭނާ […]

ޖަރާސީމުން ތަޣައްޔަރުވެފައިވާ ޗީޒެއް ވިއްކާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
Raajje

ޖަރާސީމުން ތަޣައްޔަރުވެފައިވާ ޗީޒެއް ވިއްކާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ޖަރާސީމުން ތަޣައްޔަރުވެފައިވާ ޗީޒެއް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ. އެ އިދާރާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ފްރާންސްގައި އުފައްދާފައިވާ ޗީޒްގެ ބްރޭންޑެއް ކަމަށެވެ. “ލިސްޓީރިއާ މޮނޯސައިޓޯޖީންސް” ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ޗީޒެއް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަ...

ކޯނީ ރިޕޯޓު ގެއްލިގެން ފުލުހުންނަށް ހުށަހަޅައިފި
Raajje

ކޯނީ ރިޕޯޓު ގެއްލިގެން ފުލުހުންނަށް ހުށަހަޅައިފި

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނޭކުރެންދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި އެ ރިޕޯޓް ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ […]

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި: ޤާސިމް
Raajje

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި: ޤާސިމް

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އޭނާ ޓެސްޓް ކުރަން ރައްޔިތުން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. 1976 ވަނަ އަހަރު އެންމެ 2،000 ޑޮލަރުނ...

ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އާސިފް ޕީޕީއެމް އާ ގުޅިއްޖެ
Raajje

ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އާސިފް ޕީޕީއެމް އާ ގުޅިއްޖެ

ލ. ގަމު ކައުންސިލްގެ އެމްޑީޕީގެ ޒުވާން ނައިބު ރައީސް، އާސިފް (އައްޑޯ) އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ. އޭނާ ޕްރިގްރެސިވް ކޯލިޝަނާއި ގުޅުނޫ ގަމުގައި ރޭ އޮތް ޖަލްސާގައެވެ. އައްޑޯ ޕީޕީއެމް އާ ގުޅުމަށްފަހު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ލ. އަތޮޅު ގަމުން ޑރ. މުއިއްޒުއަށް މެޖޯރިޓީ ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 12 އަހަރު އެމްޑީޕީގައި ދެމިހުރީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ކަމުދާތީ ކަމަށާއި އެހެންނަމަވެސް މިހާރު އެމްޑީޕީ […]

އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން: ޝާހިދު
Thiladhunmathi News

އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން: ޝާހިދު

އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރެއްވުމަށް ހދ. މަކުނުދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުގެ ވިސްނުމުގައި ހުރީ ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައ...

އާރްޓީއެލް ބަހުގެ ހިދުމަތް ދިއްދޫ ގައި މާދަމާ ފަށަނީ
Thiladhunmathi News

އާރްޓީއެލް ބަހުގެ ހިދުމަތް ދިއްދޫ ގައި މާދަމާ ފަށަނީ

މާލެއިން އުތުރުގައި މިސަރުކާރުން އެންމެ ފުރަތަމަ ފަށާ އާރްޓީއެލް ބަހުގެ ޚިދުމަތް މާދަމާ ހއ. ދިއްދޫއިން ފެށިގެންދާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ. އޭނާގެ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއާއެކު މިހާރު ބަސް ދަތުރުތައްކުރާ ރޫޓްތައް ފައިނަލް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިބަހުގެ ޚިދުމަތާއެކު ދިއްދޫގެ ރައްޔިތުންނާއި ވަކިން ހާއްސަކޮށް ސުކޫލްގެ ދަރިވަރުންނަށް ބޮޑުތަނުން ލުއިފަސޭހަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މެމްބަރު ވަހީދު...