އއ. މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައި، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް، މާލޢ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެވެ.

އެ ރަށަށް ކުރެއްވި ކެމްޕެއިން ދަތުރުގައި އޭނާ ވިދާޅުވީ ފަޅުގައި އެއާޕޯޓް އެޅުމަށް ބިން ހިއްކާނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބިން ވެސް ލިބޭ ގޮތަށް ކަމަށެވެ. އަދި ބިން ހިއްކުމަށްފަހު، އެރަށުގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Ad
rt

އެ އަތޮޅަކީ ޓޫރިޒަމްގެ އެންމެ ގިނަ ފުރުސަތުތައް އޮތް އަތޮޅު ކަމަށާއި އަދިވެސް ޓޫރިޒަމް ފުޅާކުރަން ޖެހޭކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ މަތިވެރިއާއި އެ ސަރަހައްދު ހިމެނޭ ގޮތަށް ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިޒަމްގެ އެކި އެކި ފުރުސަތުތައް ފަހިކޮށްދިނުމަކީ އޭނާގެ ސިޔާސަތެއް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަށް ބޭނުންވާނެ އެންމެ މުހިއްމު އެއް ކަމަކީ އެ ސަރަހައްދުގައި އެއާޕޯޓެއް ހެދުން ކަމަށާއި އެގޮތުން މަތިވެރީގެ ފަޅު ތެރޭގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަކީ ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ މަޝްރޫއަކަށް ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް ރަނގަޅު ނަތީޖާއެއް ނެރެދިނުމަކީ އެދޭ ގޮތް ކަމަށާއި ވޯޓުލާން ދާއިރު، ފައިސާ ގިނަ ބޭފުޅުން އެހީތެރިކަން ދޭން މަސައްކަތް ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މިނިވަންކަމާއި އަމިއްލަވަންތަކަން މަތިން ހަނދާން ނައްތައިނުލުމަށް އެދިވަޑައިގެންފައެވެ.