ސޯޝަލް މީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔަން (ކައިޒީން) އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއިދު ކުރަން ނިންމައިފިއެވެ.

އޭނާ އެމްޑީޕީ އާ މިއަދު ގުޅުމަށްފަހު، މެމްބާޝިޕް ފޯމު ވަނީ ރައީސް ސާލިހަށް އަރުވާފައެވެ.

Ad
rt

ސޯޝަލް މީޑިއާގައި ކުރިއާ އަޅާ ބަލާއިރު، އޭނާގެ ހަރަކާތްތެރިތައް މިދުވަސްވަރު މަދުނަމަވެސް އިންސްޓަގްރާމްގައި މަޝްހޫރުކަން ހޯދި ކައިޒީންގެ 141 ލައްކަ އަށް ވުރެ ގިނަ ފޮލޯވަރުން މިހާރު ވެސް އެބަ ތިއްބެވެ.

ރާއްޖޭގައި މޮޑެލް ކުރާ އެހެން ދިވެހިންނާއި އަޅައި ބަލާއިރު، އާދަޔާއި ހިލާފު ބޮޑު މުއްސަނދި ކަމެއްގައި އުޅޭ ކައިޒީން ވަނީ އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް ވެސް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

އެގޮތުން ދުބާއީ އާއި އިންޑިއާގެ ތާޖުމަހަލް ފަދަ ތަންތަނުގައި ކައިޒީން އުފަންދުވަސް ފާހަގަކޮށް ވީޑިއޯތައް އާއްމު ކޮށްފައިވާިއރު، އެންމެ ފަހުން އޭނާގެ އުފަން ދުވަސް ފާހަގަ ކުރީ މިއަހަރުގެ އޭޕްރީލް 01 ވަނަ ދުވަހު މާލޭގައެވެ. އެ ރޭ ވެސް ވަނީ ހަވާ ވެސްއަރުވާފައެވެ.

ކައިޒީންގެ އިތުރުން ބައެއް ފިލްމީތަރިން ވެސް ސާލިހް އަށާއި އަދި އެހެން ކެންޑިޑޭޓުންނަށް ވެސް ތާއިދުކޮށް، ސިޔާސީ ހަރަކާތްތަކުގައި މިދުވަސްވަރު އަންނަނީ ބައިވެރިވަމުންނެވެ.