ރާއްޖެއެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާ ތަކެތި އަތުލައިގެންފި
ރާއްޖެއެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާ ތަކެތި އަތުލައިގެންފި އެވެ. މޯލްޑިވސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ މިއީ ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ ނެދަރލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ. މިގޮތުން 20 ނޮވެންބަރު 2022 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތ...