އަބުސީބެއަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި

abusy

  • ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގަ، ހާލު ރަނގަޅު
  • އަބުސީބެ އަކީ ކޮންމެ ދުވަހަކު ވެސް ދުވާލު ދެއިރު ދުވޭ
  • އޭނާ އަކީ ނަމޫނާ ދުވުންތެރިއެއް ކަމަށް ބަލާ އެތައް ޒުވާން ދުވުންތެރިންނެއް އެބަތިބި

ރާއްޖޭގައި ދިގު ދުވުން ދުވާ މީހުންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ އެއް ދުވުންތެރިޔާ އަބްދުއްރަޝީދު އަލީ (އަބްސީބެ) އަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫ ގައި ފަރުވާދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގަ އެވެ.

"ތިލަދުން" އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ. އަދި ސްޓްރޯކުގެ ސަަބަބުން "އިރާދަކުރެއްވިއްޔާ" މާބޮޑުވަރެއް ނުވެއެވެ.

އުމުރުން 63 އަހަރުގެ އަބްސީބެ އަށް ސްޓްރޯކް ޖެހުނީ ހޯމަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގަ ވޯލްޑް ކަޕުގެ މެޗެއް ޓީވީން ބަލަން ހުއްޓައި ކަމަށް ބައެއް މަސްދަރުތަކުން ވަނީ ހާމަކޮށްފަ އެވެ. 

ރާއްޖޭގައި ބާއްވާ ހުރިހައި ދުވުމެއްގައި ވެސް ބައިވެރިވާ، އެންމެންނާ ވެސް ގުޅޭ ސަކަ މިޒާޖުގެ އަބުސީބެ އާންމު ގޮތެއްގައި ރާއްޖޭގައި ދުވަނީ ހާފު މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރެވެ.

އެހެންނަމަވެސް އޭނާ މިހައިތަނަށް ވަނީ ފުލް މެރަތަން ނުވަތަ 42 ކިލޯމީޓަރު (މާލެ ވަށާ 8 ބުރު) ޖަހާފަ އެވެ. އެއީ 2020 ވަނަ އަހަރު ދުބާއީ މެރެތަންގަ އެވެ. އެ ދުވުމުގައި 4 ގަޑި 7:50 މިނެޓުން ރޭސް ނިންމާފައިވާއިރު، އެއީ އެ އުމުރުގައި ދިވެއްސަކު މިހައިތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ ވެސް މެއެވެ.

1990 ވަނަ އަހަރުގެ ކުރީކޮޅު މާލޭގައި ބޭއްވި ރޭހަކަށް އެއްވެސް ތަމްރީނެއް ނެތި، ނުކުތް އަބުސީބެ އަކީ ކޮންމެ ދުވަހަކު ވެސް ދުވާލު ދެއިރު، ދުވާ މީހެކެވެެ. އަދި އޭނާ އަކީ ނަމޫނާ ދުވުންތެރިއެއް ކަމަށް ބަލާ އެތައް ޒުވާން ދުވުންތެރިންނެއް އެބަ ތިއްބެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *