މަސްވެރިކަމަށް ނުކުމެއުޅުނު މަސް ދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އަލިރާސްތާ-1" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި ފަޅުވެރިއަކަށް ކަމަށެވެ. އަދި އެއީ އުމުރުން 34 އަހަރުގެ މީހެއް ކަމަށެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ މާލޭގެ އިރުން 66 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 07:56 ހާއިރު ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު "އެފްއައިސީ ހަކުރާ"، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާ ކަމަށާއި އެމީހާ ވަނީ މިއަދު 12:35 ހާއިރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށް ވެސް ވިދާޅުވި އެވެ.

ކަނޑުމަތީގެ ތަފާތު އެކި ހާދިސާތަކާއި ގުޅިގެން އެމްއެންޑީއެފް އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.