މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފި އެވެ.

އެ މައްސަލައިގާ ހޯދަނީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު، އަހްމަދު ސަލީމް (41އ) އާއި ދ. މީދޫ، ދުނބުރިމާގެ، މަރްޔަމް ރާމިޒާ (35އ) އެވެ.

Ad
rt

މި ދެމީހުން ފުލުހަށް ހާޒިރު ކުރަނީ މަކަރާއި ހީލަތު މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށާއި އެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށެވެ. އަދި އާއިލާއަށް ވެސް އެމީހުން އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ކަމަށެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެ މީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެ އެވެ.

އެ ދެމީހުން ހާޒިރުވާން އިއުލާން ކޮށްފައިވަނީ މި ޑިސެމްބަރ މަހުގެ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށެވެ.