ވިނަރެސް އާއި އެމްޕީއެލް ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިނަރެސްއަށް ކުރިމަތިލައިގެން ފްލެޓް ލިބިފައިވާ ފަރާތްތަކުން ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑު ވާހަކައިގެ ޝަކުވާ އެމަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. ރައީސް ވިދާ...