Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

މަޝްވަރާ ކުރަނީ އަންނަ މަހު 29 ގައި ނިޒާމީ ވޯޓެއް ނަގަން: އީސީ
Raajje

މަޝްވަރާ ކުރަނީ އަންނަ މަހު 29 ގައި ނިޒާމީ ވޯޓެއް ނަގަން: އީސީ

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާ ގުޅޭގޮތުން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައި ވަނީ އަންނަ މަހުގެ 29 ގައި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގަން ބަޔާން ކުރާ އިރު، އީސީގެ މެމްބަރުންގެ ވިސްނުމުގައި ހުރީ އޮކްޓޯބަރު 29 ގައި ވޯޓު […]

އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަ ފަތުރާ މައްސަލަ ބަލަން ގޮވާލައިފި
Raajje

އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ވާހަކަ ފަތުރާ މައްސަލަ ބަލަން ގޮވާލައިފި

އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި އެ ގައުމާއި ރައްޔިތުންނާ މެދުގައި ނަފްރަތު އުފައްދަން ކުރާ މަސައްކަތް ބެލުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ގޮވާލައިފިއެވެ. ރާއްޖެއާ އެންމެ ގާތް ގުޅުމެއް އުފެދިފައި އޮތް އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ  އެ ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާއެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަ ކުރުމާއި ބިރު ދެއްކުމުގެ މަގްސަދުގައި ދޮގު ރިޕޯޓުތައް ފެތުރުމުގެ ކެމްޕެއިނެއް ހިންގަމުން ގެންދ...

މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން
Thiladhunmathi News

މުއިއްޒު ކުޅުދުއްފުއްޓަށް، 2،000 ހައުސިން ޔުނިޓް އަޅައި ދޭނަން

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީއެއ...

ބޭސްފަރުވާ އަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި
Raajje

ބޭސްފަރުވާ އަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ޑޮކްޓަރުންގެ ލަފައާ އެކު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު އަދީބު ބޭސްފަރުވާ އަށް ވަޑައިގެންނެވީ މިދިޔަ ޖުލައި 12 ގައެވެ. ރާއްޖެ އިން ބޭރުގައި ހުންނެވުމުގެ ހުއްދަ އެންމެ ފުރަތަމަ އަދީބަށް ދިނީ 10 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ދިން މުއްދަތު ވެސް ހަމަވެ ފަހުން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިތުރު ކޮށްދީފައެވެ. […]

އަލީ ވަހީދު ސިޔާސީ ގޮތުން ކުރިއަށް ދާނެ ގޮތެއް މާދަމާ ހާމަކުރައްވަނީ
Raajje

އަލީ ވަހީދު ސިޔާސީ ގޮތުން ކުރިއަށް ދާނެ ގޮތެއް މާދަމާ ހާމަކުރައްވަނީ

ސިޔާސީ ގޮތުން ނިންމަވާ ނިންމެވުން މާދަމާ ހާމަކުރައްވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިވެހިން އެންމެ ކަންބޮޑުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާ ގުޅޭ ގޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ވެސް އެއީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. “ކަމުގެ ހަގީގަތް ޓައިމްލައިނާ އެކު ބަލައިފިން. އިރާދަފުޅުން މާދަމާ އަޅުގަނޑު ނިންމާ ނިންމުން ހާމަކުރާނަން،” އަލީ […]

ރައީސް ސޯލިހް ވިލިމާލޭގެ ދޮރުން ދޮރަށް
Raajje

ރައީސް ސޯލިހް ވިލިމާލޭގެ ދޮރުން ދޮރަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލިމާލޭގެ ގޭގެއަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސްގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ މާލެ ސަރަހައްދެވެ. ފުރަތަމަ ބުރުގައި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރުގައި އަދި ރަށްތަކަކަށް ވަޑައިގަންނަވަން ނުފައްޓަވައެވެ. އެކަމަކު، އެމަނިކުފާނު އެންމެ ފަހުން ވިދާޅުވެފައި ވަނީ ކެމްޕެއިންގެ ފަހު ދުވަސްތަކުގައ...

މާލޭ މީހުންނަށް ގޯތި ދޭން ހުޅުމާލެ ފަޅު ހިއްކަން ފަށައިފި
News

މާލޭ މީހުންނަށް ގޯތި ދޭން ހުޅުމާލެ ފަޅު ހިއްކަން ފަށައިފި

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކަން މިއަދު ފަށައިފިއެވެ. އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ދަށުން އެތަނަށް 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހުޅުމާލެ އިން ހިއްކަނީ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ގުޅުވާލާ ބްރިޖުގެ ހުޅަނގު އުތުރުކޮޅުގައި އޮންނަ ފަޅެވެ. އެ ފަޅު ހިއްކުމާއެކު، ފަރުކޮޅުފުއްޓާ ގުޅިގެންދާނެއެވެ. ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ އާބަންކޯ އިން ބުނީ މި މަޝްރޫއާ އެކީގައި މާލޭގެ […]

ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ހަދަނީ
Raajje

ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ހަދަނީ

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގައި ހުވަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގޭގެއަށް ވަޑައިގަތުމުން އަންނަ އެއް ޝަކުވާއަކީ ލިބޭ އާމްދަނީން ކުއްޔާއި ކަރަންޓު ބިލްތައް ދައްކާފައި ކެއުމުގެ ކަންކަން ހަމަނުޖެހޭ ވާހަކަ ކަމަށެވެ. އަދި ކަރަންޓު ބިލް ދެއްކުމުގައި ލުޔެއް...

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7،000ރ. ގެ އިނާޔަތެއް ދޭން ރައީސް ނިންމަވައިފި
Raajje

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7،000ރ. ގެ އިނާޔަތެއް ދޭން ރައީސް ނިންމަވައިފި

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ނިންމަވައިފިއެވެ. މާލޭގައި ހުންނަ އެމްޑީޕީ ހުވަދޫ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހިލޭ ޑިގްރީ އާއި ސްކޮލަޝިޕްތަކާއި ރަށްރަށުގެ ސްކޫލްތަކުގެ އުމްރާނީ ތަރައްގީ އާއި ރަނގަޅު ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށްޓަކައި ވަރަށް ގިނަ މަސައް...

އަނިޔާ އިއާދަވިޔަ ނުދޭން ކަމަށް ވިދާޅުވެ އިލްހާމްގެ ތާއީދު ރައީސަށް
Raajje

އަނިޔާ އިއާދަވިޔަ ނުދޭން ކަމަށް ވިދާޅުވެ އިލްހާމްގެ ތާއީދު ރައީސަށް

އިދިކޮޅު ޕީޕީއެމްގެ ތެރޭގައި އޮތީ އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހެއް ކަމަށް ވިދާޅުވެ، އަނިޔާވެރިކަން އިއާދަވިޔަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މިއަދު ނިންމަވައިފިއެވެ. ރައީސް ސޯލިހްއާ އެކީގައި ހުންނެވި ފޮޓޯއަކާ އެކީގައި އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އަދި […...

ދެވަނަ ބުރުގައި ނިންމާ ގޮތެއް އުމަރު މިރޭ އިއުލާން ކުރައްވަނީ
Raajje

ދެވަނަ ބުރުގައި ނިންމާ ގޮތެއް އުމަރު މިރޭ އިއުލާން ކުރައްވަނީ

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމާ ގޮތެއް މިރޭ އިއުލާން ކުރައްވާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރު ދިޔައީ ތިން ވަނައަށެވެ. އުމަރު ނަސީރު ވަނީ 6،343 ވޯޓު ހޯއްދަވައިފައެވެ. އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ […]

ރިޔާޒު ރަޝީދު، ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި
Raajje

ރިޔާޒު ރަޝީދު، ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ. ރިޔާޒް ރަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާއްސަ މަޖިލިހުގައި އާއި ރައްޔިތުންގެ މަޖިލިހުގައި އޭނާއާއެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސް ސޯލިހަށް މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ. ރިޔާޒް ރައީސް ސޯލިހަށް ތާއީދު...

ތިލަމާލެ ބްރިޖު އަޅާނީ އަޅުގަނޑު: މުއިއްޒު
Raajje

ތިލަމާލެ ބްރިޖު އަޅާނީ އަޅުގަނޑު: މުއިއްޒު

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ “ތިލަމާލެ ބްރިޖު” މަޝްރޫއު ނިންމާނީ އޭނާގެ ސަރުކާރެއްގައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މުއިއްޒު ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ […]

އަދުރޭ ވިދާޅުވަނީ ހަ ލަނޑު ޖަހައި، %60 ވޯޓު ހޯއްދަވާނެ ކަމަށް!
Raajje

އަދުރޭ ވިދާޅުވަނީ ހަ ލަނޑު ޖަހައި، %60 ވޯޓު ހޯއްދަވާނެ ކަމަށް!

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 6-0 ގެ ނަތީޖާއަކުން ކަމަށާއި އެއީ ރައްޔިތުންގެ %60 ވޯޓު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފް ކަމަށާއި ފަހު ހާފްގައި އެމްޑީޕީ އާއި ގުޅިފައިވާ […]

މި ސަރުކާރަށް ކަމެއް ނުވަނީ ހިންގުން ދޯހަޅިކަމުން، ފީކަޅާވެގެން: މުއިއްޒު
Raajje

މި ސަރުކާރަށް ކަމެއް ނުވަނީ ހިންގުން ދޯހަޅިކަމުން، ފީކަޅާވެގެން: މުއިއްޒު

މި ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ނުހިންގިގެން އުޅެނީ ހިންގުން ދޯހަޅިކަމުން ނުވަތަ ފީކަޅާވެގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ނ. ފޮއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ފަރުވާތެރިކަމާ އެކީގައި ރައްޔިތުން ބޭނުންވާ ކަންކަން އެ ބޭނުންވާ ގޮތަކަށް ފުރިހަމަކޮށް ދެއްވާނެ ކަމަށެވެ. އެކަން ކަން ކުރައްވާނީ ދައުލަތުގ...