ގާސިމްގެ ވައުދު: ހުރިހާ ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑެއް ހަރު ކުރުން!
ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހުރި ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑް ހަރުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވައުދުވެވަޑައިގެންފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ހެނބަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގައި ހުރި ކޮމްޕިއުޓަރު ލެބްތައް […]