Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓުލައްވައިފި
Raajje

މާލޭގެ މޭޔަރަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓުލައްވައިފި

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިއަދު ވޯޓުލައްވައިފިއެވެ. މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށައިފައެވެ. މި ބައި އިލެކްޝަންގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިވަނީ ވޯޓުލައްވައިފައެވެ. […]

އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ، ހުޅުލެ އަދި ހުޅުމާލެ އަށް
Raajje

އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ، ހުޅުލެ އަދި ހުޅުމާލެ އަށް

ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެ ސަރަހައްދަށެވެ. މާލެއަށް 159.3 މިލިމީޓަރު, ހުޅުލެއަށް 143.4 މިލިމީޓަރު އަދި ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ […]

އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށައިފި
International

އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށައިފި

އެމެރިކާ އާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ. އިނގިރޭސި ވިލާތާއި އެމެރިކާ ގުޅިގެން އެންމެ ފުރަތަމަ ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެރެއެވެ. މި ހަމަލާތަކުގެ އިތުރުން ރޭގެ ދަންވަރުގެ ވަގުތެއްގައި ވެސް ދެ ގައުމު ގުޅިގެން ވަނީ ޔަމަނަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މިކަން އެމެރިކާ އިން ވެސް ކަށަވަރުކޮށްދެއެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ ޔަމަންގައި ރާޑަރު ސައިޓްތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާނެ...

އާޒިމާ އަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބާއްވަނީ
Raajje

އާޒިމާ އަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބާއްވަނީ

ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ. މި ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:45 ގައި އިއްޒުއްދީން މަގު، ހައުސިން މިނިސްޓްރީ ކައިރިންނެވެ. މި ސައިކަލް ބުރުގައި އާޒިމާގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ސައިކަލް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ […]

މާލެ ސިޓީގެ މެންޑޭޓު ނުދަންނަ މީހަކަށް މާލޭގެ މޭޔަރުކަން ނުކުރެވޭނެ: އާޒިމާ
Raajje

މާލެ ސިޓީގެ މެންޑޭޓު ނުދަންނަ މީހަކަށް މާލޭގެ މޭޔަރުކަން ނުކުރެވޭނެ: އާޒިމާ

މާލޭގެ މޭޔަރަކަށް ހުންނަވަން ޖެހޭނީ އެކަމުގެ ޒިންމާ އެނގޭ ބޭފުޅެއް ކަމަށާއި މާލެ ސިޓީގެ މެންޑޭޓް ނުދަންނަ މީހަކަށް މާލޭގެ މޭޔަރު ކަން ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ. “ސަންގު ޓީވީ” އިން ގެނެސްދޭ މާލޭ މޭޔަރުންގެ ބަހުސްގެ ސިލްސިލާ ބަހުސްތަކުގެ ތެރެއިން ރޭގެ ބަހުސްގައި އާޒިމާ ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ މަގާމަކީ ދައުލަތުގެ އެންމެ ބޮޑު އެއް ވުޒާރާގެ […]

މަޖިލިސް އިންތިހާބު: 284،327 މީހުންނަށް ވޯޓުލެވޭ، ޝަކުވާ އަށް ހުޅުވާލައިފި
Raajje

މަޖިލިސް އިންތިހާބު: 284،327 މީހުންނަށް ވޯޓުލެވޭ، ޝަކުވާ އަށް ހުޅުވާލައިފި

އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މާޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި 284،327 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ އިންތިހާބު އޮންނަ ދުވަސް ކަމަށްވާ މާޗް 17 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރިފައިވާ 139،165 އަންހެންނާއި 145،162 ފިރިހެނުންނެވެ. ވޯޓުލެވޭ މީހުންގެ ލިސްޓު ގެޒެޓްގައި ޝާއިއުކޮށްފައިވާ އިރު، (VR space...

ރާއްޖެ-ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި
Raajje

ރާއްޖެ-ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ޗައިނާ އާ ދެމެދުގައި 20 މެމަރޮންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫތަކުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުރަމަނާ ދަތުރުފުޅެއްގައި ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޗައިނާގެ ބެއިޖިންގައި އޮތީ ރަސްމީ ގޮތުން މަރުހަބާ ދެންނެވުމެވެ. މި ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާ ސަރުކާރުގެ ވެރިން […...

އަޅުގަނޑުމެން މިތިބީ ކަމަރު ބަނދެގެން، އަޒުމެއް ނުގުޑާނެ: އާޒިމާ
Raajje

އަޅުގަނޑުމެން މިތިބީ ކަމަރު ބަނދެގެން، އަޒުމެއް ނުގުޑާނެ: އާޒިމާ

އޭނާ އާއި އޭނާގެ ޓީމު އޮތީ ކަމަރު ބަނދެގެން މަންޒިލަށް ވާސިލްވުމުގެ އަޒުމުގައި ކަމަށާއި އަޒުމެއް ނުގުޑާނެ ކަމަށް އަންނަ ހޮނިހިރު ދުވަހު މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާގެ ޓީމު އޮތީ ދިވެހިންގެ ދިވެހި ރާއްޖެ ކަށަވަރުކޮށް، ރާއްޖޭގެ މިނިވަންކަމާއި ދިވެހި ގައުމިއްޔަތުގެ ގައުމިއްޔަތު ހިފަހައްޓައި ޅަ [...

50 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަތް އިމާރާތް ހިމެނޭ ވިޔަފާރި ބޮޑު މަރުކަޒެއް ހަދަނީ
Business

50 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަތް އިމާރާތް ހިމެނޭ ވިޔަފާރި ބޮޑު މަރުކަޒެއް ހަދަނީ

ހުޅުމާލޭގައި ހަތް އިމާރާތް ހިމެނޭ ގޮތަށް “ބިލްޑިން ސްޕައިން” ނުވަތަ ވިޔަފާރި މަރުކަޒެއް އެޅުމަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެކުގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ “އާބަން އައިލް” ގައި ވިޔަފާރިތަ...

ޗައިނާއާއެކު ގާއިމުކުރި އެފްޓީއޭ އެއްބަސްވުން ތަންފީޒުކުރަން ތައްޔާރު: ރައީސް
Raajje

ޗައިނާއާއެކު ގާއިމުކުރި އެފްޓީއޭ އެއްބަސްވުން ތަންފީޒުކުރަން ތައްޔާރު: ރައީސް

ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމު ކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއައި) އެއްބަސްވުން ތަންފީޒު ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު، ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ބޭއްވި ރާއްޖޭގެ ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ވިޔަފާރި ފުޅާކޮށް، ހާއްސަކޮށް ރާއްޖެއިން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރާ މިންވަރު އިތުރު ކު...

މާލޭގެ ތަސައްވަރުގައި ކުލަ ޖެއްސެން އޮތީ ކައުންސިލްގެ މެޖޯރިޓީ އޮވެގެން: އަދުރޭ
Raajje

މާލޭގެ ތަސައްވަރުގައި ކުލަ ޖެއްސެން އޮތީ ކައުންސިލްގެ މެޖޯރިޓީ އޮވެގެން: އަދުރޭ

މާލެ ތަރައްގީ ކުރުމުގައި މި ސަރުކާރުގެ ވަރަށް ރީތި ތަސައްވުރެއް އެބައޮތް ކަމަށާއި އެ ތަސައްވަރުގައި ކުލަ ޖެއްސެން އޮތީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެން ކަމަށެވެ. ހާއްސަކޮށް މާލެއާ ދޭތެރޭގައި ފޮނި އުންމީދުތަކަކާއި ރީތި ތަސަ...

އަންނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރަށް ހަދަން ނިންމައިފި
Raajje

އަންނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރަށް ހަދަން ނިންމައިފި

އަންނަ އަހަރުން ފެށިގެން ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ހެދުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ކޮވިޑް-19 ގެ ކުރިން އޮތް ގޮތަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ހުށަހަޅައި ވަޒީރުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެޑިއުކޭޝަން […]

އިންޑިއާ އަށް ނަފްރަތުކޮށް ދެއްކި ވާހަކަ ކުށްވެރިކުރަން: ސޯލިހް
Raajje

އިންޑިއާ އަށް ނަފްރަތުކޮށް ދެއްކި ވާހަކަ ކުށްވެރިކުރަން: ސޯލިހް

އިންޑިއާ އަށް ނަފްރަތުކޮށް ސަރުކާރުގެ އޮފިޝަލުންތަކެއް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުށްވެރި ކުރައްވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އިންޑިއާ ފަތުރުވެރިން ރާއްޖެ އަށް ދިއުމުގެ ބަދަލުގައި ލަކްޝަދީޕް ތަޖުރިބާ ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ބައެ...

ނައިބު ރައީސްގެ މޮންޓެނީގްރޯ ދަތުރުފުޅަށް ހަރަދު ކުރީ 589،736 ރުފިޔާ
Raajje

ނައިބު ރައީސްގެ މޮންޓެނީގްރޯ ދަތުރުފުޅަށް ހަރަދު ކުރީ 589،736 ރުފިޔާ

މިދިޔަ މަހުގެ ފަހުކޮޅު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މޮންޓަނޭގްރޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 589،736ރ. ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ޑިސެމްބަރު 23 އިން 27 އަށް ނައިބު ރައީސް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑު ހަރަދެއް ދިޔައީ ޓިކެޓަށް ކަމަށެވެ. އެގޮތުން ބިޒްނަސް ކްލާސްގައި ދަތުރު ކުރެއްވުމަށް ޓިކެޓަށް 492،746ރ. ހަރަދުވެފައިވެއެވެ. މިއީ ނައިބު ރައީސްއާ އެކުގައި ފަސް ބޭފުޅުންގެ ހަރަދަށް ދިޔަ ވަރެވެ. ހަރަދުތަކުގެ […]

ޕްލޭނަކީ މާލެ ސަރަހައްދުގެ ހުރިހާ މަގުތައް ތަރައްގީ ކުރުން: އާޒިމާ
Raajje

ޕްލޭނަކީ މާލެ ސަރަހައްދުގެ ހުރިހާ މަގުތައް ތަރައްގީ ކުރުން: އާޒިމާ

ތަރައްގީ ކުރަން ޖެހޭނީ ހަމައެކަނި މާލޭގެ މަގުތައް އެކަނި ނޫން ކަމަށާއި ހުޅުމާލެ އާއި ވިލިމާލޭގެ މަގުތައް ވެސް ތަރައްގީ ކުރަން ޖެހޭ ކަމަށް މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމުން ގެނެސްދިން “މޭޔަރު ބަހުސް 2024″ އާޒިމާ ވިދާޅުވީ މާލޭގެ ހުރިހާ މަގެއް އަލުން ހެދުމާއި ފެންހިންދުމުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި އަދި ކަރަންޓުގެ ކޭބަލްތަކަށް އަލުން […]