Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

ކައުންސިލަށް ބަދަލުވި އާބަންކޯ މުވައްޒަފުންގެ މުސާރަ ކުޑަ ނުވާނެ: ރައީސް
Raajje

ކައުންސިލަށް ބަދަލުވި އާބަންކޯ މުވައްޒަފުންގެ މުސާރަ ކުޑަ ނުވާނެ: ރައީސް

އާބަންކޯގެ ބެލުމުގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުވުމާ އެކު، ސިޓީ ކައުންސިލަށް ބަދަލުވި މުވައްޒަފުންގެ މުސާރައަށް ބަދަލު ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކޮށް، އެ ހިދުމަތުގައި ހިމެނޭ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމި ނިންމުމާ އެކު ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާ...

ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭނެ ފޮތެއް ނެރެފި
Raajje

ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭނެ ފޮތެއް ނެރެފި

ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދޭނެ ފޮތެއް ނެރެފިއެވެ. މިއީ މިފަދަ ފޮތެއް ނެރުނު ފުރަތަމަ ފަހަރެވެ. ޗައިނާގެ ފެންގް ފެންގް ލިޔެފައިވާ “ދިވެހި ބަސް” މި ފޮތުގައި ވެހި ބަހާއި ޗައިނާ ބަސް ހިމަނާފައިވެއެވެ. މިފޮތަކީ ޗައިނާ މީހުންނަށް ދިވެހި ދަސްކޮށްދިނުމުގެ މަގްސަދުގައި ލިޔެފައިވާ ފޮތަކަށް ވިޔަސް މިއީ ދިވެހިން ޗައިނާ ބަސް ދަސް ކުރުމަށް ވެސް ލިބޭނެ ފަސޭހައެކެވެ. My book has been published as the first textbook of spoken Dhivehi in […]

ރައީސް ވިދާޅުވަނީ 5 އަހަރު ނިމޭއިރު، މާލޭގައި ގެދޮރު ނުލިބޭ މީހަކު ނުހުންނާނެ ކަމަށް!
Raajje

ރައީސް ވިދާޅުވަނީ 5 އަހަރު ނިމޭއިރު، މާލޭގައި ގެދޮރު ނުލިބޭ މީހަކު ނުހުންނާނެ ކަމަށް!

މިހާރު ހިނގަމުން އަންނަ ފަސް އަހަރު ނިމޭ އިރު، މާލޭގައި ގެދޮރު ނުލިބޭ އެކަކު ވެސް ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް އެންމެ ދުވަހެއް ވެސް ބޭކާރު ނުކުރައްވައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ގެދޮރުގެ […]

މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ޕީއެންސީ އަށް
Raajje

މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ޕީއެންސީ އަށް

މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފިއެވެ. މި ދެ ކައުންސިލަރުން ގުޅިވަޑައިގަތީ މި މަހުގެ 13 ވަނަ ދުވަހު މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ މެނިފެސްޓޯ އިއުލާން ކުރުމަށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. ދެ ކައުންސިލަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލު ކުރެއްވީ ރައީސް އަދި […]

މާލޭގެ މޭޔަރަކަށް ޖެއްސުން ކުރާ މީހަކު ހޮވުމަކީ ބުއްދިވެރި ކަމެއް ނޫން: ރައީސް
Raajje

މާލޭގެ މޭޔަރަކަށް ޖެއްސުން ކުރާ މީހަކު ހޮވުމަކީ ބުއްދިވެރި ކަމެއް ނޫން: ރައީސް

ސަރުކާރަށް ޖެއްސުން ކުރާ މާލޭގެ މޭޔަރަކު ހޮވުމަކީ މާލޭގެ ރައްޔިތުންނަށް ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށާއި މާލޭގެ ކަންކަން ހަލުވިކަމާ އެކު ކުރިއަށް ގެންދަން މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ހޮވަން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އާޒިމާގެ މެނިފެސްޓޯ އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނެވި އިރުގައި އޭރުގެ ސަރުކާރުން ކޮނ...

ވިލިމާލޭގެ މަގުތައް ހެދުމަށް ސާވޭ ކުރަން އާރްޑީސީއާ ހަވާލުކޮށްފި
Business

ވިލިމާލޭގެ މަގުތައް ހެދުމަށް ސާވޭ ކުރަން އާރްޑީސީއާ ހަވާލުކޮށްފި

ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށް ސާވޭ އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ 5.6 ކިލޯމީޓަރުގެ މަގުތަކެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓް...

ނިލަންދޫގެ ބިން ހިއްކުމުގެ ސާވޭ އާއި އީއައިއޭގެ މަސައްކަތް އެމްޓީސީސީ އަށް
Raajje

ނިލަންދޫގެ ބިން ހިއްކުމުގެ ސާވޭ އާއި އީއައިއޭގެ މަސައްކަތް އެމްޓީސީސީ އަށް

ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ސާވޭ އާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. ނިލަންދޫގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސް ކުރި ބަޖެޓުގައި ހިމެނޭ މަޝްރޫއެކެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން...

މާލޭގައި ފެންބޮޑުވެ ގެއްލުންވި 70 ގެއަކަށް 4 ލައްކަ ރުފިޔާ ދެނީ
Raajje

މާލޭގައި ފެންބޮޑުވެ ގެއްލުންވި 70 ގެއަކަށް 4 ލައްކަ ރުފިޔާ ދެނީ

މިދިޔަ އާދިއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެގެން ގެއްލުން ލިބުނު 70 ގެއަކަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ނިންމައިފިއެވެ. އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި އެކި ގެއްލުންތައް ލިބުނު ގެތަކަށް ޖުމްލަ 457،242ރ. ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 34 ގޭބިސީއެއްގެ އިމާރާތައް ގެއްލުންވެ، ސްޓްރަކްޗަރަލް ގެއްލުމުގެ ބަދަލުގެ ގޮތުގައި މުޅިއެކު 248،381ރ. ދޭން ނިންމާފައިވާ އިރު، 65 […]

ފާއިތުވި 5 އަހަރު 69،780 ވެހިކަލް ރަޖިސްޓްރީ ކުރި: އަމީން
Raajje

ފާއިތުވި 5 އަހަރު 69،780 ވެހިކަލް ރަޖިސްޓްރީ ކުރި: އަމީން

ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް 69،780 ވެހިކަލް ރަޖިސްޓްރީ ކުރި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ އަށް އެކަނި ވެސް 42،000 އުޅަނދު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. “ހިސާބުތަކަށް ބަލާ އިރުގައި ސިއްސައިގެންދާ ވަރުގެ އަދަދަކަށް ރަޖިސްޓްރީވަމުންދަނީ، އެއީ ގްރޭޓާ މާލެ އޭރިޔާ، މި އޭރިޔާއަކީ ވަރަށް ހައި ޑެނ...

އަޅާނުލާ އޮތް ވިލިމާލެ ތަރައްގީ ކުރާނީ މި ސަރުކާރުން: ހަލީލް
Raajje

އަޅާނުލާ އޮތް ވިލިމާލެ ތަރައްގީ ކުރާނީ މި ސަރުކާރުން: ހަލީލް

ކުރީގެ ސަރުކާރުތަކުން އަޅާނުލައި އޮތް ވިލިމާލޭގެ ތަރައްގީ އަށް މި ސަރުކާރުން އިސްކަން ދޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ވިލިމާލެއަކީ އަޅާނުލައި އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެންނަވާނެ ކަމަށެވެ. “ތިބޭފުޅުން [ވިލިމާލެ ރައްޔިތުން] ޔަގީން ކުރައްވާ، ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ […...

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
Raajje

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ. ވިލިމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަމްޒީ ތަޅުދަނޑި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާ ހަވާލު ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ސީ އެމްބިއުލާންސްގެ ހިދުމަތް ދެވުމަކީ ވިލިމާލޭގ...

އަޅުގަނޑުގެ ވަފާތެރިކަމާއި ގާބިލްކަމާ މެދު ސުވާލެއް ނުކުރެވޭނެ: އާޒިމާ
Raajje

އަޅުގަނޑުގެ ވަފާތެރިކަމާއި ގާބިލްކަމާ މެދު ސުވާލެއް ނުކުރެވޭނެ: އާޒިމާ

ރާއްޖޭގައި މީގެކުރިން ވެރިކަން ކުރި ތިން ސަރުކާރާ އެކީގައި ވެސް މަސައްކަތް ކުރައްވާފައިވާ އިރު، އޭނާގެ ވަފާތެރިކަމާއި ގާބިލްކަމާ މެދު ސުވާލު ކުރުމުގެ ޖާގަ ނޯންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ. މި މަހުގެ 13 ވަނަ ދުވަހު އޮންނަ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ދަށުން މާލޭގައި ބޭއްވި ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ކުރަމުން އަންނަ […]

ރައީސް މުއިއްޒު ވަޑައިގަތީ މާލެއަށް ޖުމްލަ ހައްލެއް ހޯދައި ދިނުމަށް: ޝިޔާމް
Raajje

ރައީސް މުއިއްޒު ވަޑައިގަތީ މާލެއަށް ޖުމްލަ ހައްލެއް ހޯދައި ދިނުމަށް: ޝިޔާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މާލެ ސިޓީއަށާއި އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ޖުމްލަ ހައްލެއް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ. މި މަހުގެ 13 ވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގައި މާލެ ސިޓީގެ މޭޔަރު އަދި އެ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ […]

ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަނީ
Raajje

ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަނީ

މާލޭގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު...

ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތަކެއް އަޅަނީ
Raajje

ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތަކެއް އަޅަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެނ...