އިންޑިއާ އަށް ނަފްރަތުކޮށް ދެއްކި ވާހަކަ ކުށްވެރިކުރަން: ސޯލިހް

raees ibu modi

އިންޑިއާ އަށް ނަފްރަތުކޮށް ސަރުކާރުގެ އޮފިޝަލުންތަކެއް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުށްވެރި ކުރައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އިންޑިއާ ފަތުރުވެރިން ރާއްޖެ އަށް ދިއުމުގެ ބަދަލުގައި ލަކްޝަދީޕް ތަޖުރިބާ ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށާއި މޯދީ އަށް ބަދު ބަސް ވިދާޅުވެ މަލާމަތް ކުރައްވާފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އަށް ނަފްރަތުކޮށް ދިވެހި ސަރުކާރުގެ އޮފިޝަލުންތަކެއް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށެވެ. އިންޑިއާއަކީ ރާއްޖެ އަށް އަބަދުވެސް ރަނގަޅު ރަހްމަތްތެރި ގައުމެއް ކަމަށާއި އެ ގައުމާ ދެކޮޅަށް ވާހަކަ ދައްކައި، ރަހްމަތްތެރިކަމުގެ ގުޅުމަށް އަސަރެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"އިންޑިއާއަކީ އަބަދުވެސް ގާޓް ރަހްމަތްތެރި ގައުމެއް ރާއްޖެއަށް. އަދި ދެ ގައުމުގެ ގުޅުން ހީނަރުވާ ފަދަ ވާހަކައެއް ދައްކައިގެން ނުވާނެ،" ސޯލިހް ވިދާޅުވިއެވެ.އ

އިންޑިއާ އަށް ފުރައްސާރަކޮށް ބަދު ބަސް ބުނި މައްސަލައާ ގުޅިގެން ބައެއް ޑެޕިއުޓީ މިނިސްޓަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދުއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"އިހްތިރާމް ކުޑަވާ ފަދަ ގޮތަކަށް އެ ވާހަކަތައް ދެއްކުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ،"

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި