ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ތާއީދު ހޯދުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3:45 ގައި އިއްޒުއްދީން މަގު، ހައުސިން މިނިސްޓްރީ ކައިރިންނެވެ. މި ސައިކަލް ބުރުގައި އާޒިމާގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ސައިކަލް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ.
ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި އާޒިމާގެ އިތުރުން ދެން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފު ފާތިހު އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ޝުއައިބު އަލީ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!