Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި
Raajje

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، ކުރަން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިރޭ ބުނެފިއެވެ. ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އިން ބޭރަށް ބަލި މީހުން މިވަގުތު ފޮނުވަމުން […]

ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް ފަންޑިތަ ނުހެދުމަށް ފިގުހު އެކަޑަމީން އެދިއްޖެ
Raajje

ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް ފަންޑިތަ ނުހެދުމަށް ފިގުހު އެކަޑަމީން އެދިއްޖެ

ފަންޑިތަ އާއި ސިހުރު ހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސްކޮށްފިއެވެ. ފިގުހު އެކަޑަމީން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަކަށް އައިސް ރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އިސްލާމްދީނުގައި ވަރަށް ބޮޑު ފާފައެއްގެ ގޮތުގައި ހަރާމްކޮށްފައިވާ ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އިސްލާމީ އަގީދާގައި ބަލިތަކުން ޝިފާ ލިބުމަށާއި ހަޔާތުގެ ކަންކަން ރަނގަޅު ކުރުމަށް އެދި ﷲ ސުބަހާނަހޫ ވަތައާލާ ފިޔަވައި އެހެން ފަރާތްތަކަކުން އެ...

ރާއްޖެއަކީ މިހާރު ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް
Raajje

ރާއްޖެއަކީ މިހާރު ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ބަލި ކޮންޓްރޯލު ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބަލައިގެންފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެ ގޮތަށް ނިންމީ ހެޕަޓައިޓިސް ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރީ ކަމަށެވެ. އްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހެޕަޓައިޓިސް އެ ވެކްސިން ދެވިފައިވާ ކަން...

ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަނީ
Raajje

ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަނީ

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގެ ދެ ކުންފުންޏަކުން އުމްރާ އަށް މީހުން ގެންދާ ކަން ފާހަގަކުރެވިފައިވާތީ އުމްރާ އަށް ދިއުމަށް އެ ދެ ކުންފުންޏަށް ފައިސާ ނުދިނުމަށް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރި ދެ ކުންފުންޏަކީ “އަލް މަޝްއަރު ހައްޖު އުމްރާ” އާއި “ވަޑި ހައްޖު އެންޑް އުމްރާ” ކުންފުންޏެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ “އަލް މަޝްއަރު ހައްޖު އުމްރާ” އާއި “ވަޑި ހައްޖު އެންޑް އުމްރާ” ގްރޫޕަކީ […]

ހަނގުރާމަތަކަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި: އިހުސާން
Raajje

ހަނގުރާމަތަކަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި: އިހުސާން

ރާއްޖެ އިން ބޭރުގައި ކުރަމުން އަންނަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ބޭނުންވާ ދިވެހިން އަދިވެސް ރާއްޖޭގައި ތިބި ކަމުގެ މައުލޫމާތު އެކިއެކި ތަހުގީގުތަކާއި އިންޓަލިޖެންސް ރިޕޯޓްތަކުން އެނގިފައިވާ ކަމަށެވެ. އެހެންކަމުން ވިސްނަން ޖެހޭ ކަމަކީ ހަނގުރ...

ކާނި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ
Business

ކާނި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސްގެ މުވައްޒަފުންނަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދީފިއެވެ. ކ. މާފުށީގައި ކާނި ހޮޓެލްސްގެ ފަސް ގެސްޓްހައުސެއް ހިންގަމުން އަންނަ އިރު، އެ ގެސްޓްހައުސްތަކުގައި 194 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެގޮތުން އެއިން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 441 ޑޮލަރު ނުވަތަ 6،800ރ. ލިބިފައިވެއެވެ. ރާއްޖޭގައި މިހާތަނަށް އައިއިރު، އެއްވެސް ގެސްޓްހައުސްއަކުން މިހާ ބޮޑު […]

ސީރިއާ ހަނގުރާމައިގައި ހާލުގައި ޖެހުނު 21 ދިވެއްސަކު ރާއްޖެއަށް، ގިނައީ ކުޑަކުދިން
Raajje

ސީރިއާ ހަނގުރާމައިގައި ހާލުގައި ޖެހުނު 21 ދިވެއްސަކު ރާއްޖެއަށް، ގިނައީ ކުޑަކުދިން

ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގައި ހިމެނޭ 21 ދިވެއްސަކު ރޭ ފަތިހު މާލެ ގެނެސްފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނަކު ކަމަށެވެ. އެ މީހުން ރާއްޖެ ގެނައުމަށް ފަހު ހިންމަފުށީގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ތަނުގައި އެކިއެކި ޕްރޮގްރާމްތައް […]

ހޫތީން އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފި
International

ހޫތީން އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފި

ޔަމަންގައި ހޫތީ ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދަކުން ރަތް ކަނޑުގައި އޮތް އެމެރިކާގެ އަސްކަރީ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފިއެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ އެ ގައުމުގެ މަނަވަރަކަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާ ވައްޓާލާފައިވާ ކަމަށެވެ. މިއީ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން އެމެރިކާގެ މަނަވަރަކަށް އަމާޒުކުރި ފުރަތަމަ ހަމަލާއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑު...

ސިފައިން ބޭލުން އަވަސް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ
Raajje

ސިފައިން ބޭލުން އަވަސް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުން އަވަސް ކުރަން ރާއްޖެ އާއި އިންޑިއާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފިއެވެ. މިދިޔަ މަހުގެ ކުރީކޮޅު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައްދަލު ކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދެވުމަށް ނިންމަވައިފައެވެ. “ހައި ލެވެލް ކޮމިޓީ” އެއް އުފައްދައި އެ ކޮމިޓީގެ […]

ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނަން: ރާއްޖެ
Raajje

ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނަން: ރާއްޖެ

“ޗައިނާ ވަން” ސިޔާސަތުގައި ދެމިތިބޭނެ ކަމަށާއި ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ. ޓައިވާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބު ޗައިނާއާ ދެކޮޅު ކެންޑިޑޭޓް ލައި ޗިންގް ޓޭ ވަނީ ކާމިޔާބުކޮށްފައެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރި އިރު އޭނާއަކީ މިހާރުވެސް ޓައިވާނުގެ ނައިބު ރައީސްއެވެ. ޓައިވާނުން ވެރިއަކު އިންތިހާބު ކުރިއިރު، ޗައިނާ އިން އެކަމެއް ގަބޫލެއް ނުކުރެއެވެ. ޗައިނާ އިން […]

އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް
Raajje

އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް

އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އާޒިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ އަށް އިތުބާރު ކުރައްވައި އިންތިހާބު ކާމިޔާބުކޮށް ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތުނުކޮށް އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. Male’ City Mayor kamah alhugandah ithubaaru kuravvaa, inthihaab kodhdhevveethee shukuru […]

ބަލިވީ މަސައްކަތް ނުކުރެވިގެން، ހިދުމަތް ނުކޮށްދެވިގެނެއް ނޫން: ޕީއެންސީ
Raajje

ބަލިވީ މަސައްކަތް ނުކުރެވިގެން، ހިދުމަތް ނުކޮށްދެވިގެނެއް ނޫން: ޕީއެންސީ

މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނީ މަސައްކަތް ނުކުރެވިގެން ކަމަށާއި ހިދުމަތް ނުކޮށްދެވިގެން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ސަރުކާރު ލިބި، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން އިންތިހާބަށް ދޭންވާ ސަމާލުކަން ނުދެވުނު ކަމަށެވެ. އިއްޔެގެ އިންތިހާބަކީ ލިބުނު ފިލާވަ...

ބައި އިލެކްޝަންތަކުގެ ނަތީޖާ: ގިނަ ގޮނޑި ހޯދީ ޕީއެންސީން
Raajje

ބައި އިލެކްޝަންތަކުގެ ނަތީޖާ: ގިނަ ގޮނޑި ހޯދީ ޕީއެންސީން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އެންމެ ގިނަ ގޮނޑި ހޯދި ޕާޓީއަކަށް ވެރިކަން ކުރާ ޕީއެންސީވެއްޖެއެވެ. އީސީން އިއްޔެ ވަނީ ޖުމްލަ ހަތަރު ބައި އިލެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ބޮޑު ޝައުގެއް އަދި ވާދަވެރިކަމެއް އުފެދިގެން އައި ބައި އިލެކްޝަނަކަށްވީ މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އާއި […]

އާޒިމް މޭޔަރުގެ ގޮނޑި ކާމިޔާބުކުރުމުން އާޒިމާގެ މަރުހަބާ
Raajje

އާޒިމް މޭޔަރުގެ ގޮނޑި ކާމިޔާބުކުރުމުން އާޒިމާގެ މަރުހަބާ

މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާއާ އެންމެ ގާތުން ވާދުކުރި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބަލި ގަބޫލު ކުރައްވައި އާޒިމަށް މަރުހަބާ ދަންނަވައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު އާޒިމާ އަށް […]

އެމެރިކާ އިން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ނުދީ ނުތިބޭނަން: ހޫތީ
International

އެމެރިކާ އިން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ނުދީ ނުތިބޭނަން: ހޫތީ

އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަނަށް ވައިގެ މަގުން ދޭން ފެށި ހަމަލާތަކަށް ރައްދު ނުދީ ނުތިބޭނެ ކަމަށް ޔަމަން ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިންގެ ލީޑަރެއް ކަމުގައިވާ އަބްދުލް މާލިކް އަލް-ހޫތީ ވިދާޅުވެއްޖެއެވެ. އިނގިރޭސި ވިލާތާއި އެމެރިކާ ގުޅިގެން އެންމެ ފުރަތަމަ ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ބުދަ ދުވަހުގެރެއެވެ. އޭގެ ފަހުން ރޭ ދަންވަރުގެ ވަގުތެއްގައި ވެސް ޔަމަންގެ މިލިޓަރީ ސައިޓުތަކަކަށް ކަމަށް ބުނެ، އަސްކަރީ މަނަވަރު ބޭނުންކޮށްގެން ޔަމަނަށް […]