ށ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް މިމަހު ފެށޭތޯ ދަނީ މަސައްކަތް ކުރަމުން: ޝިޔާމް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ށ އަތޮޅުގައި މިމަހު ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ށ އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ތިލަދުންއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ށ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ މިދިޔަ މަހުގެ 31 ގައި އާރުޓީއެލް ފެރީގެ ޚިދުމަތް ށ އަތޮޅުގައި ފެށޭނެ ކަމަށް ށ އަތޮޅު ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ވެސް ރަސްމީކޮށް އަންގަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކަނޑައެޅިފައިވާ މުއްދަތު ފަހަނަ އަޅާ […]