ޝެއިޚްް އާދަމް ނިޝާން މިނިވަންކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝެއިޚްް ނިޝާން ދޫކޮށްލުމަށް ގޮވާލައްވައި، ޑރ.ޝަހީމް ވިދާޅުވީ "ޝައިޚު އާދަމް ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް." ކަމަށެވެ.

Ad
rt

އެހެން ކަމުން އަނިޔާވެރި ޢަމަލަކަށް ޝެއިޚްް ނިޝާން ތާއިދު ކުރައްވާނެ ކަމަށް ޤަބޫލުފުޅު ނުކުރެވޭ ކަމަށާއި ޝައިޚު ނިޝާން މިނިވަން ކުރައްވަން ޖެހޭ ކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ ޤާނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު، ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރައުޔެއް ހާމަކުރުމަކީ ހައްޔަރު ކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއްވެސް ނޫން ކަމަށެވެ.

އެހެން ކަމުން ހައްޔަރުގައި ނުބެހެއްޓިޔަސް ފުލުހުން ބޭނުންވެއްޖެ ކޮންމެ ގަޑިއެއްގައި ޝައިޚް ނިޝާން ބަޔާން ދެއްވަން ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ޑރ ޝަހީމް ވަނީ ދެއްވާފައެވެ.

ޔޯގާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ގިނަ ބަޔަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭގެތެރޭގައި ޝެއިޚް ފަޒްލޫން މުހައްމަދުވެސް ހިމެނި ވަޑައިގަންނަވައެވެ.

އެހެންނަމަވެސް ޝެއިިހް އާދަމް ނިޝާނާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.