ބަޖެޓް އެއާލައިނެއް ކަމަށްވާ ވިޒް އެއާއިން އަބޫދާބީއަށް ދިއުމަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

ޔޫއޭއީގެ އެންމެ އަގުހެޔޮ ވިޒް އެއާގައި ރާއްޖެއިން އަބޫދާބީއަށް ދިއުމަށް ޓިކެޓް ވިއްކާ އަގަކީ ކޮޅަކަށް 87 ޑޮލަރެވެ. އެއީ 1341.54 ރުފިޔާ އެވެ.

Ad
rt

މިއީ ނިސްބަތުން ރާއްޖޭގެ އެތެރޭގެ އުދުހުން ތަކަށް ވުރެވެސް އެތައް ގުނަ އެއް ހެޔޮ އަގެކެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން ހޮނިހިރު ދުވަހު އަބޫދާބީން ރާއްޖެއަށް ދަތުރުތައް އޮންނާނެ ކަމަށް ވިޒް އެއާއިން ވަނީ ހާމަކޮށްފައެވެ.

ޔޫއޭއީގެ އެންމެ އަގެ ހެޔޮ ބަޖެޓު އެއާލައިން ކަމަށްވާ ވިޒް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށާއިރު ފުރަތަމަ ދަތުރު ރާއްޖެއަށް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ވިޒް އެއާގައި ދަތުރު ކުރުމަށް ވިޒް އެއާގެ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނުން މިހާރުވެސް ޓިކެޓް ނެގޭނެ އެވެ.

މީގެ އިތުރުން ޓިކެޓް ބުކް ކުރާއިރު، ވިޒް އެއާއިން ތައާރަފުކުރި "ވިޒް ފްލެކްސް" ބޭނުން ކުރުމުން، ފުރުމުގެ ތިން ގަޑިއިރުކުރިން ދަތުރު ކެންސަލް ކުރިނަމަވެސް "ފުލް ރިފަންޑު ވިޒް" އެކައުންޓަށް ލިބޭނެއެވެ.

ޔޫއޭއީގެ ވިޒް އެއާލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. އަދި އޭރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް 200 މިލިއަން ފަސިންޖަރުން އެ އެއާލައިން އިން ދަތުރުކޮށްފައިވާތީ އެކަން ވަނީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

ވިޒް އެއާގެ މަގުސަދަކީ އެ އެއާލައިނުން ދަތުރުކުރާ ހުރިހާ ފަރާތްތަކަށްވެސް އަތްފޯރާ އަގެއްގައި ދަތުރު ކުރެވޭނެ މަގު މަގުފަހި ކޮށްދިނުން ކަމަށް އެ އެއާލައިނުން ބުނެފައި ވެއެވެ.