ކުރިއަށް އޮތް 6 މަސްދުވަހު އަދި އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރާނީ އިގްތިސާދީ ކަންކަން ކުރިއެރުވުމާއި މީހުން ބިނާކޮށް މަސައްކަތްތެރިން އުފެއްދުން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ، ރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

މޭޔަރު ވިދާޅުވީ، އިޤްތިޞާދީ މިދަތި ހާލަތުގައި މީހުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށާއި، މަސައްކަތްތެރިން މަދުކަން ބޮޑުތަކުން އިޙްސާސްކުރެވޭކަމަށެވެ.

"މީހުން ބިނާކުރުން މާނަ މިކުރަނީ ހަމައެކަނި ތައުލީމީ ދާއިރާއަކުން ނޫން، އައަށް ވުރެއްވެސް އަޅުގަނޑުމެންނަށް ފާހަގަ މުކުރެވެނީ މަސައްކަތްތެރިން އުފެއްދުން، ހާއްސަކޮން މަސައްކަތްތެރިން މަދުކަން މިހާރު ބޮޑުތަނުން އިޙްސާސް ކުރެވޭ"

މޭޔަރު ވިދާޅުވި އެވެ

ގަވާއިދާއި ހިލާފަށް އުލޭ ބިދޭސީންނަށް އެފުރުސަތުތައް ލިބުމުގެ އެއްސަބަބަކީވެސް އެއީކަމުގައި ވިދާލުވި އެވެ.

މީގެ އިތުރުން ފާއިތުވި ހަ މަސް ދުވަހުގެ ރިޕޯޓު އިއްވަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ރަނގަޅަށް ހިނގަމުންދާ ކައުންސިލަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލް ހެދުމަށް ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ.

އެގޮތުން މުވައްޒަފުންނާއި ވަޞީލަތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ކައުންސިލް އިދާރާގައި ޖާގައިގެ ދަތިކަމާހުރެ މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ޤާއިމު ކޮށް ދެވިފައި ނުވާ މައްސަލަ ޙައްލު ކުރުމަށް ޢިމާރާތެއް އެޅުމަށް ބަޖެޓް ހަމަޖެހިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިހާރުވެސް ވަގުތީ ގޮތުން ނަމަވެސް މި މައްސަލަ ޙައްލު ކުރުން ކޮންމެހެން މުހިންމު ކަމަށް ފެންނާތީ އައު ޢިމާރާތުގެ މަސައްކަތް ނިމެންދެން ވަގުތީގޮތުން މަސައްކަތް ކުރުމަށް މިހާރުގެ ޢިމާރާތަށް ބައެއްކަހަލަ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް މޭޔަރު މުހައްމަދު އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަކާ ގުޅިގެން ނުވަތަ އެނޫންވެސް ޝަކުވާއެއް އޮތްނަމަ ކޮންމެ ހޯމަ ދުވަހެއްގައި ރައްޔިތުންގެ ޝަކުވާ ސީދާ ކައުންސިލާ ބައްދަލު ކޮށް ހުށަހެޅުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަ ކުރައްވައެވެ.