ހއ. ހޯރަފުށީގައި ބޮޑުއީދާއި ދިމާކޮށް އެރަށު ކޮމިއުނިޓީ ސެންޓަރއިން އިންތިޒާމް ކޮށްގެން ބޭއްވި އެޗް.އާރް.އެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސުޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މި މުބާރާތުގައި ހަތް ޓީމުން ވާދަކޮށްފައިވާއިރު ދެގުރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގައި ގުރޫޕް އޭގައި ހިމެނިފައިވަނީ އެފްސީ ފުރިގޭޓަރސް، ދަންމަރު ޔުނައިޓެޑް، ފުރިގޭޓަރސް އެކްސީޑް އަދި ބާވީސް ސުޕޯރޓްސް ކުލަބް އެވެ.
މީގެއިތުރުން ގުރޫޕް ބީ ގައި ހިމެނިފައި ވަނީ ފުރިގޭޓަރސް ޔަންގު، ބަދަހި ބާވީސް އަދި ހޯރަ ބާވީސް އެވެ.
މި މުބާރާތުގައި އެފްސީ ފުރިގޭޓަރސް އަށް ނިސްބަތްވާ ތިންޓީމް އަދި ބާވީސް ސުޕޯރޓްސް ކުލަބަށް ނިސްބަތްވާ ތިން ޓީމެއް ވަނީ ބައިވެރި ވެފައެވެ.
ގުރޫޕް ސުޓޭޖްގެ ވާދަވެރިކަން ބޮޑު މިބުރާތުގެ ސެމީފައިނަލަށް ދިޔައީ ބާވީސް ސުޕޯރޓްސް ކުލަބްގެ ތިންޓީމެވެ.
ސެމީފައިނަލް އަށް ދަތުރުކުރި އަނެއް ޓީމަކީ ފައިނަލްގައި ބާވީސް ސުޕޯރޓްސް ކުލަބްއާއި ވާދަކުރި އެފްސީ ފުރިގޭޓަރސް އެވެ. ބާވީސް ސުޕޯރޓްސް ކުލަބުން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ފޯރިގަދަ ކުޅުމަކަށް ފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް ސުމެއް ސުމެއްގެ ނަތީޖާއަކުން ހަމަހަމަވުމާއި ގުޅިގެން ޕެނެލްޓީ ޖަހައިގެންނެވެ.
މި ދެ ޓީމް އެންމެ ފަހުން ފައިނަލެއްގައި ބައްދަލު ކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އެމެޗް ކާމިޔާބު ކޮށްފައިވަނީ ބާވީސް ސުޕޯރޓްސް ކުލަބްއެވެ.

މި މުބާރާާތާއިއެކު ބާވީސް ސުޕޯރޓްސް ކުލަބުން ވަނީ ހަތަރު މުބާރާތެއްގެ ޗެމްޕިއަންކަން ކަމާއި އިތުރު ހަތަރު މުބާރާތެއްގެ ރަނަރަޕްކަން ވެސް ހޯދާފައެވެ.
މިމުބާރާތުގައި ބާވީސް ސުޕޯރޓްސް ކުލަބަށް ކޯޗެއްގެ ގޮތުން ޓީމަށް އިރުޝާދު ދީފައިވަނީ ކުރިން މާޒިޔާ އަށް ރާއްޖޭގެ ފަސްޓް ޑިވިޝަންއަށް ކުޅެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ތަޖުރިބާކާރު ކޯޗު އަހްމަދު ޝުޖާއު އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާވީސް ސުޕޯރޓްސް ކުލަބްގެ މިޑްފިލްޑަރ ހއ. އިހަވަންދުއަށް ނިސްބަތްވާ ހާމިދުއެވެ. ދަނޑުމަތީ ނަމުން ނަމަ ހާންދެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!