ސީލް ހިފައި އެއަށް ގޯނާ ނުކުރުމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން އީޕީއޭއިން ކުރި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަން މަސައްކަތް ނުކުރުމަށާއި، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އައްޑޫން ފެނުނު ބާވަތުގެ ސީލަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަން އީޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.
އައްޑޫ ސިޓީން އިއްޔެ ސީލެއް ފެނިފައިވަނީ ހިތަދޫ ލިންކް ރޯޑާއި ދިމާލުން ހަދާފައި އޮންނަ ކަނބިހާ ބީޗް ސަރަހައްދު މޫދުންނެވެ.
ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް މި އެޖެންސީއިން އިލްތިމާސް ކުރަމެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަން ފާހަގަކުރަމެވެ. pic.twitter.com/3evClphCC3
— EPA Maldives (@EPAMaldives) August 1, 2022
މިކަމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި ސިފައިންގެ އިތުރުން ފުލުހުން ވެސް އިއްޔެ ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ.
މީގެ ކުރިން 2006 ވަނަ އަހަރު ވެސް އައްޑޫން ވަނީ ސީލެއް ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!