ހއ އިހަވަންދޫ މިސްކިތްތަކުގައިމ ސޯލާ ޕެނަލއ ހަރުކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން ވިދާޅުވީ އެރަށުގެ މިސްކިތް ތަކުގެ ތެރެއިން ސޯލާ ހަރުކޮށްފައިވަނީ ރަށުގައި ހުކުރުކުރާ ހަތަރު މިސްކިތުގައި ކަމަށެވެ.

Ad
rt

މި މިސްކިތް ތަކުގައި ސޯލާރ ހަރުކޮށް ދިނުމުގެ މައިގަނޑު މަސައްކަތްތައް މިހާރުވަނީ އެއްކޮށް ނިމިފައެވެ.

އިހަވަންދޫ ކައުންސިލުން ވިދާޅުވީ މިސްކިތް ތަކުގައި ސޯލާ ހަރުކޮށްފައި މިވަނީ ދިގު މުއްތަކަށް ބަހާލާގެން، ފައިސާ ދައްކާ ހަލާސްކުރާ އުޞޫލުން ހއ.އިހަވަންދޫ ކައުންސިލާއި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކަމުގައި އިހަވަންދޫ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

ފެނަކައިން ވަނީ "ފެނަކަ ހޯމް ސޯލާ" ގެ ނަމުގައި ގޭގެއަށް ވެސް ސޯލާ ހަކަތަ ފޯރުކޮށްދޭން ފަށާފައެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މި ޕްރޮގުރާމަކީ އާންމު ފަރުދުން ކަރަންޓަަށް ހޭދަކުރާ މިންވަރު ކުޑަކުރުމާއިއެކު ސަރުކާރުން ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ފެނަކައިން ކުރިން ބުނެފައިވެއެވެ.

ހޯމް ސޯލާ ނިޒާމާއެކު ޖައްވަަށް ފޮނުވާލެވޭ ވިހަ ގޭހުގެ މިންވަރު މަދުކޮށް، ސާފު އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރެވިގެން ދާނެއެވެ.

މި ނިޒާމުގެ ސަބަބުން ސަރުކާރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށްވެސް އެހީވެދޭނެއެެވެ.