ޕްރޮޖެކްޓްތައް ނުހުއްޓި ގެންދިއުމަށް، އިތުރު ލޯނެއް ނެގުމަށްވުރެއް ޓެކްސް ބޮޑުކުރުން ރަނގަޅު: ރާޢީ
ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް، އިތުރު ލޯނެއް ނެގުމަށްވުރެއް ޓެކްސް ބޮޑުކުރުން ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މުޅި ދުނިޔޭގެ ގައުމު ތަކަށް ދިމާވެފައިވާ އިޤްތިސާދީ ފުންގަނޑުން އަދި ރާއްޖެ އަށްވެސް ދިމާވެދާނެ އުނދަގޫތަކުން އަރައިގަތުމަށް ސަރުކާރުން މިވަގުތު ޓެކްސް އަށް ބަދަލު ގެނައުމަކީ މިވަގުތަށް ކޮންމެހެން އަޅަންޖެހޭ މުހިއްމު ފިޔަވަޅެއްކަމުގަ އެވެ. ރާޢީ އިތުރަށް...