މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އާއި، އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް (ރޮޒޭ)، އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެންބަރުންގެ 90 ޕަސެންޓް ވޯޓު ކާމިޔާބު ކުރާނެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރާޢީގެ ތާއީދު އޮތީ ފަޔާ އަށާއި، ރޮޒޭ އަށެވެ. އެ ދެބޭފުޅުންނާއި އެ ބޭފުޅުންގެ ހިންގާލަން ކެމްޕެއިން ޓީމް މި މޭމަހުގެ ފުރަތަމަ ހަފުތާގައި މަކުނުދޫ ދާއިރާއަށް ކުރި ދަތުރުގައި އެ ދާއިރާއިން ވަނީ ބޮޑު ތަރުޙީބެއް ވެސް ދައްކާފައެވެ.
އެ ދެ ބޭފުޅުންނަށް ކެމްޕެއިން ކުރައްވަމުން، ދާއިރާގެ މެންބަރުން ޝުޢޫރުތައް ރާޢީ ދަނީ ފުލުފުލުގައި މީސްމީޑިއާއަށް ދޫކުރައްވަމުންނެވެ. މިގޮތުން މިއަދު ރާޢީ މީސްމީޑިއަށް ވީޑިއޯއެއް ދޫކޮށްލައްވަމުން ވަނީ "މަކުނުދޫ ދާއިރާ 90 ޕަސެންޓް. އިންޝާﷲ " ވިދާޅުވެފައެވެ. އެ ވީޑިއޯގައި ފެންނަ ދޮށީއުމުރުގެ ބޭފުޅެއް (ސައީދު ބޭ) ވިދާޅުވެފައި ވަނީ އޭނާ ތާއީދު ކުރައްވަނީ ރައީސް ސޯލިހަށާއި، ފައްޔާޒު އަދި ރޮޒޭނާއަށް ކަމަށެވެ.
ރަޢީ އިއްޔެ ވަނީ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރުންގެ ވޯޓުން ފަޔާ އާއި ރޮޒޭ ބޮޑު ތަފާތަކުން ހޮވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މަރުޙަބާ ކިޔަން "ޕީޕީއެމް މީހުން" ސަފުތަކަށް ނުނެރޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މެންބަރު ރާޢީގެ ތާއީދު ފަޔާ އާއި ރޮޒޭގެ ހިންގާލަން ކެމްޕެއިން ޓީމަށް ދެއްވައި، އެ މަގުން މަސައްކަތް ކުރަށްވަމުން ގެންދަވާއިރު، އެ ދާއިރާގެ ކުމުންދޫ ރައީސް އަމީން މުޙައްމަދާއި، އެމްޑީޕީގެ މަކުނުދޫ ދާއިރާގެ ރައީސް، ފެންކުންފުނީގެ ޗެއާމަންގެ ގޮތުގައި ހުންނެވި މައުސޫމްގެ ތާއީދު ކުރައްވާ ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!