ކުޅުދުއްފުށީގައި ހުރި ދުވަސްވީ 8 ގަހެއް ހިމާޔަތް ކޮށްފި
ކުޅުދުއްފުށީ ސިޓީގައި ހުރި ދުވަސްވީ އަދި ފާހަގަކުރެވޭ 8 ގަހެއް ސިޓީ ކައުންސިލުން ޙިމާޔަތްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގައި މިދިޔަ ނުދަ ދުވަހު ބޭއްވި ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ބައްދަލުވުމުގައެވެ.އަދި މި ނިންމުމުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 5 ނިކަ ގަހާއި 3 ކަނދުގަސް ޙިމާޔަތްކުރުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތުން މި މަސައްކަތަކީ، “ފިނިފެހިސިޓީ” އިނީޝިއޭޓިވްގެ ދަށުން، މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހިންގުނު ޙަރަކާތެކެވެ. ކުޅުދުއްފުށީ...