Skip to main content
Topic Archive

#Haa Alif Ihavandhoo

516 Stories filed
އިހަވަންދޫ 5 ޒުވާނުން 4 ކިލޯގެ ހުދަންބަރެއް ހޮވައިފި
Thiladhunmathi News

އިހަވަންދޫ 5 ޒުވާނުން 4 ކިލޯގެ ހުދަންބަރެއް ހޮވައިފި

ހއ. އިހަވަންދޫން 5 ޒުވާނުން 4 ކިލޯގެ ހުދަންބަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ. މިދިޔަ ހޮނިހިރުވަހު ޑިންގީއެއްގައި މަސްވެރިކަން ކުރަންނިކުމެ އުޅެނިކޮން ހުދަންބަރެއްކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ ހއ. މަޑުލާއި ހއ. ބެރިއްމަދޫއާ ދެމެދު ކަނޑުން ނެވެ. އެޑިންގީގެ ކެޕްޓަން ޢަބްދުﷲ އިރުޝާނު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނީ އެއީ ހުދަންބަރު މާވަހަރެއްކަމަށް ތަޖުރިބާހުރި ގިނަފަރާތްތަކުން ބުނެފައިވާކަމަށެވެ. އެހެންކަމުން ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިރުޝާނު ބުނެފައިވެއެވެ....

އިހަވަންދޫ ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫ ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫ ކައުންސިލްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ކަޕް 2020 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ކައުންސިލް ކަޕް 2020 ގެ ޤަވާޢިދު” އަދި ބައިވެރިވުމަށް އެދޭ ފޯމް އެކައުންސިލުން ވަނީ އާންމުކޮށްފަ އެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް އިހަވަންދޫ ކައުންސިލްގެ ފޭސްބުކު ޕޭޖުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. މިއީ މިއީ މިމުބާރާތް ކައުންސިލުން ބާއްވާ ފުރަތަމަ ފަހަރެވެ. މުބާ...

އިހަވަންދޫ "މިސްކިތްމަގު މައިޒާން" ހުޅުވައިފި، ވަރަށް ޗާލު
Thiladhunmathi News

އިހަވަންދޫ "މިސްކިތްމަގު މައިޒާން" ހުޅުވައިފި، ވަރަށް ޗާލު

ހއ.އިހަވަންދޫގެ އިރު އުތުރު ފަރާތު އަތިރިމަތީން ގޮނޑަކަށް ވެފައިވާ މިސްކިތްމަގު ނަމަކަށް ކިޔާ ސަރަހައްދު ސާފުކޮށް ރީތި މައިޒާނެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވައިފިއެވެ. މި މައިޒާނަށް ދީފައިވާ ނަމަކީ މިސްކިތްމަގު މައިޒާނެވެ. އެ ރަށުގެ ހައެއްކަ ޒުވާނުންގެ އިސްނެގުމުގެ މަތިން އެ ރަށުގެ ކައުންސިލާ ވެސް މަޝްވަރާ ކުރެވިގެން ފެށިގެންދިޔަ މި މަސައްކަތް ފުރިހަމަ ކަމާއި ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ވަނީ އެ ޒުވާނުންގެ އާއިލާތަކާއި އަދި އެ ހިސާބުގަނޑުގެ އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެކުގައެވެ...

އިހަވަންދޫން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ
Thiladhunmathi News

އިހަވަންދޫން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން ތެރެއިން ބަލިން ރަނގަޅުނުވެ ތިބި ދެމީހުން، ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އެއާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވީއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެރަށު ތަޚުތު ބޯޓުގެ ކޭހާއި، 242 ބޯޓުގެ ކޭހާއިގުޅިގެން ކޯވިޑަށް ޕޮޒިޓިވްވީ ޖުމްލަ ފަސް މީހެކެވެ. އޭގެ ތެރެއިން ތިން މީހުން ކުރިން […]

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 22 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
Raajje

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 22 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %22 މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެ %46 ވަނީ މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައި ވެއެވެ. މި މަޝްރޫޢުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން […]

Thiladhunmathi News

އިހަވަންދޫން އިތުރު ދެ މީހުން ކޯވިޑް-19 ބަލިން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހުން ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ދެވަނަ އަދި ތިން ވަނައަށް ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ވެސް ބަލިން ރަނގަޅުވުމާއި އެކު އިއްޔެވަނީ ދޫކޮށްލާފައި އެވެ. އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި […]

އިހަވަންދޫ: ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފަސޭހަވެއްޖެ
Thiladhunmathi News

އިހަވަންދޫ: ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފަސޭހަވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ބަލިން ފަސޭހަވުމުން ދޫކޮށްލައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ ކޯވިޑް-19 އަށް އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގެ މުއްދަތުގައި ދެއްވި އެއްބާރުލެއްވުމަށާއި ކެތްތެރިކަމަށްޓަކައި ޝުކުރުދަންނަވާ ކަމަށް ވެސް އެ ޞިއްޙީ މަރުކަޒުން ވަނީ ބުނެފައެވެ. “ކޯވިޑް-19 އަށް ހއ. އިހަވަންދޫން އެންމެ ފުރަތަމަ ފައްސިވި މީހާ ބަ...

އިހަވަންދޫ މޮނީޓަރިން ހާލަތު އުވާލައިފި، ކައުންސިލުން ނިންމީ ފިޔަވަޅުތައް ދަމަހައްޓަން
Thiladhunmathi News

އިހަވަންދޫ މޮނީޓަރިން ހާލަތު އުވާލައިފި، ކައުންސިލުން ނިންމީ ފިޔަވަޅުތައް ދަމަހައްޓަން

ހއ. އިހަވަންދޫ އިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ކަރަންޓީނަށްލުމަށްފަހު ރޭ ވަނީ ކަރަންޓީންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުވާލާފައެވެ. ރަށުގެ ކަރަންޓީނުގެ ހާލަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުވާލި ނަމަވެސް ކަރަންޓީންގެ ހާލަތާ ގުޅިގެން ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން އިހަވަންދޫ ކައުންސިލުން ވަނީ ނިންމަވާފައެވެ. މި ގޮތުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ނަމާ...

އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު ޕޮޒިޓިވް ވެެއްޖެ
Thiladhunmathi News

އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު ޕޮޒިޓިވް ވެެއްޖެ

ހއ. އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު މިރޭ ޕޮޒިޓިވްވެ އެރަށުން މިބަލި ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ހެލްތުސެންޓަރ އިން މަޢުލޫމާތުދޭގޮތުގައި މިދިޔަ އަންގާރަދުވަހު އެރަށުން ނެގިފައިވާ 41 ސާންޕަލްއެއްގެ ތެރެއިން މިއަދު ޕޮޒިޓިވްވެފައިވަނީ 2 މީހުންކަމަށާއި ނަތީޖާ ނުލިބޭ 24 ސާންޕަލްއެއް އެބަހުރިކަމަށެވެ. އަދި15 ސާންޕަލްއެއް ނެގެޓިވްވެފައިވާކަމަށް އެސެންޓަރުން މަޢުލޫމާތު ދެއެވެ. ޕޮޒިޓިވްވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 2 ބިދޭސީންނެވެ....

ޔުނެސްކޯގެ ދާއިމީ ލިސްޓުގައި "އިހަވަންދޫ ހިރިގަލު މިސްކިތް" ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނަން: ޠާރިޤު
Thiladhunmathi News

ޔުނެސްކޯގެ ދާއިމީ ލިސްޓުގައި "އިހަވަންދޫ ހިރިގަލު މިސްކިތް" ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނަން: ޠާރިޤު

ޔޫއެން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދާއިމީ ލިސްޓުގައި ހއ. އިހަވަންދޫ ހިރިގަލު މިސްކިތް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. މިއަދު ޠާރިޤު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ އިހަވަންދޫ ހުކުރު މިސްކިތް، ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިރިގަލު މިސްކިތްތައް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށާއި މިދައުރުގެ ތެރޭގައ...

އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި
Thiladhunmathi News

އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި

ހއ. އިހަވަންދޫ ތަހުތު ބޯޓާއި، 242 ބޯޓުން ދަތުރު ކުރިބަޔަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓު ބަނދަރުކުރި އުތުރުގެ ހަތަރު ރަށެއް ކަރަންޓީނު ކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ. މިގޮތުން އެޗްޕީއޭއިން އަރައި ފޭބުން މަނާކޮށް، ކަރަންޓީނު ކުރީ އެ ދެ ބޯޓު ނިސްބަތްވާ ހއ. އިހަވަންދޫގެ އިތުރުން ހދ. ގެ 3 ރަށް ކަމަށްވާ ފިނޭ، ނޮޅިވަރަމް އަދި މަކުނުދޫ އަށެވެ. އެޗްޕީއޭއިން އެރަށްތަކަށް އަރާ ފޭބުން […]

242 ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެ އިހަވަންދޫ ހާސްކަމުގެ ތެރެއަށް!
Thiladhunmathi News

242 ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެ އިހަވަންދޫ ހާސްކަމުގެ ތެރެއަށް!

242 ބޯޓުގެ އިތުރު ފަޅުވެރިއަކު މިރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫއިން މިބަލި ޖެހުނު މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ދަންވަރު ޕޮޒިޓިވްވެފައިވަނީ 242 ބޮޓުގެ ފަޅުވެރިއެއް ކަމަށާއި އެއީ ދިވެއްސެއްކަމަށެވެ. ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމުގެ ކުރިން ރަށް ފުރަބަންދަކަށް ދާންޖެހިދާނެ، ގޭގައި ތިއްބަވާ، ބައްދަލުވާ އަދަދު މަދުކުރޭ، އަޅަމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި، ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ފޭސްބުކްގ...

އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ޕޮޒިޓިވްވެފައިވަނީ އިހަވަންދޫ އާއި މާލެ އާއި ދޭތެރޭ ދަތުރު ކުރާ “ތަހުތު” ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިއެއް ކަމަށެވެ. ރަޝީދު ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ 41 އަހަރުގެ ދިވެއްސެއް ކަމަށެވެ. މިއީ ކޯވިޑަށް ޓެސްޓު ކުރުމަށް މިއަދު އިހަވަންދޫން ނެގި 12 ސާމްޕަލް ތެރެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތެކެވެ. ތަހުތު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ [...

އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ހއ. އިހަވަންދޫން 242 ބޯޓުގެ ކޭޝިއަރ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދު ވަނީ މިނޫހަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތްތަކެއް ހުރި މީހަކު ޓެސްޓު ކުރުމުން ކަމަށް ރަޝީދު ބުނެފައިވެއެވެ. މާލެ އިން އިހަވަންދޫއަށް ދަތުރުކުރި މީހަކު ކޯވިޑް-19 ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ. އެގޮތުން އެރަށަށް މީހުން އަރައިފޭބުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) […]

COVID-19 Management Facility Opens in HA. Ihavandhoo
Thiladhunmathi News

COVID-19 Management Facility Opens in HA. Ihavandhoo

HA. Ihavandhoo’s Covid-19 Management Facility set to commence its operations after being inaugurated, Saturday night.  The inaugural ceremony of the facility, which was located at Amina Dhiyo Health Centre in Ihavandhoo, was held virtually with Minister of...