އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ

Ihavandhoo

ހއ. އިހަވަންދޫއިން އިތުރު މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ޕޮޒިޓިވްވެފައިވަނީ އިހަވަންދޫ އާއި މާލެ އާއި ދޭތެރޭ ދަތުރު ކުރާ "ތަހުތު" ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިއެއް ކަމަށެވެ. ރަޝީދު ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ 41 އަހަރުގެ ދިވެއްސެއް ކަމަށެވެ.

މިއީ ކޯވިޑަށް ޓެސްޓު ކުރުމަށް މިއަދު އިހަވަންދޫން ނެގި 12 ސާމްޕަލް ތެރެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތެކެވެ.

ތަހުތު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ ޓޫފޯޓޫ ބޯޓުގެ ކޭޝިއަރ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރަށް މޮނިޓަރިންގެ ހާލަތައް ގެނައުމަށް ފަހު ކޮންޓެކްޓު ޓްރޭސިން ނިންމާ މިއަދު އިހަވަންދޫގެ މޮނިޓަރިންގެ ހާލަތު އުވާލާފައި ވަނިކޮށެވެ.

އެޗް.ޕީ.އޭ އިން އިހަވަންދޫ މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ކޯވިޑް އިހަވަންދޫ އޮޕްރޭޓިންގް ސެންޓަރަށް ލަފާދޭ ކޮމެޓީން ވަނީ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ރަށުގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި