ހއ. އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު މިރޭ ޕޮޒިޓިވްވެ އެރަށުން މިބަލި ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ.

އިހަވަންދޫ އާމިނާ ދިޔޯ ހެލްތުސެންޓަރ އިން މަޢުލޫމާތުދޭގޮތުގައި މިދިޔަ އަންގާރަދުވަހު އެރަށުން ނެގިފައިވާ 41 ސާންޕަލްއެއްގެ ތެރެއިން މިއަދު ޕޮޒިޓިވްވެފައިވަނީ 2 މީހުންކަމަށާއި ނަތީޖާ ނުލިބޭ 24 ސާންޕަލްއެއް އެބަހުރިކަމަށެވެ. އަދި15 ސާންޕަލްއެއް ނެގެޓިވްވެފައިވާކަމަށް އެސެންޓަރުން މަޢުލޫމާތު ދެއެވެ.

Ad
rt

ޕޮޒިޓިވްވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 2 ބިދޭސީންނެވެ. މި 2 މީހުންގެ ގައުމެއް އަދި ޔަގީން ނުވެއެވެ.

ކޯވިޑް19 އާއި ގުޅިގެން އިހަވަންދޫގައި 28 ގެއެއް ވަނީ ކަރަންޓީނުކުރެވިފައެވެ. މީގެ އިތުރުން ޓޫފޯޓޫ ބޯޓާއި ތަޙުތު ބޯޓުގެ އިތުރުން ޒިކުރާ ދޯނިވެސްވަނީ ކަރަންޓީނުކުރެވިފައެވެ.

މީގެ ހަތަރުދުވަސް ކުރިން 242 ބޯޓުގެ ފަޅުވެރިއަކާއި އެބޯޓުގެ ކޭޝިޔަރުވެސް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ތަޙްތު ބޮޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވުމުން ރަށް މޮނިޓަރިންގެ ހާލަތައް ގެނައުމަށް ފަހު ކޮންޓެކްޓު ޓްރޭސިން ނިންމާ އިހަވަންދޫގެ މޮނިޓަރިންގެ ހާލަތުވަނީ އުވާލާފައެވެ.