ހއ. އިހަވަންދޫ ކައުންސިލްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ކަޕް 2020 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ކައުންސިލް ކަޕް 2020 ގެ ޤަވާޢިދު" އަދި ބައިވެރިވުމަށް އެދޭ ފޯމް އެކައުންސިލުން ވަނީ އާންމުކޮށްފަ އެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް އިހަވަންދޫ ކައުންސިލްގެ ފޭސްބުކު ޕޭޖުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

Ad
rt

މިއީ މިއީ މިމުބާރާތް ކައުންސިލުން ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 05 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 31 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު އެ އިދާރާއަށް ނުވަތަ ކައުންސިލްގެ ފޭސްބުކު ޕޭޖަށް ހުށަހެޅުއްވުމަށް އެދިފައިވެއެވެ.

މުބާރާތް ފަށާ ތާރީޙަށް ބަދަލެއް އަންނަނަމަ މުބާރާތް ފެށުމުގެ 05 ދުވަސް ކުރިން އެކަން އެންގޭނެކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

އިހަވަންދޫ ކައުންސިލުންވަނީ މިދިޔަ އަހަރު މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުންނަށް އަމާޒުކޮށް މާލޭގައިވެސް މުބާރާތެއް އިންތިޒާމްކޮށްގެން ބާއްވާފައެވެ.