ހއ. އިހަވަންދޫން 5 ޒުވާނުން 4 ކިލޯގެ ހުދަންބަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.
މިދިޔަ ހޮނިހިރުވަހު ޑިންގީއެއްގައި މަސްވެރިކަން ކުރަންނިކުމެ އުޅެނިކޮން ހުދަންބަރެއްކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ ހއ. މަޑުލާއި ހއ. ބެރިއްމަދޫއާ ދެމެދު ކަނޑުން ނެވެ.
އެޑިންގީގެ ކެޕްޓަން ޢަބްދުﷲ އިރުޝާނު "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނީ އެއީ ހުދަންބަރު މާވަހަރެއްކަމަށް ތަޖުރިބާހުރި ގިނަފަރާތްތަކުން ބުނެފައިވާކަމަށެވެ. އެހެންކަމުން ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިރުޝާނު ބުނެފައިވެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ މަސްވެރިކަމަށް ނިކުމެ އުޅުން އެކި ދޯނިތަކުންވަނީ މާވަހަރަރާއި ހުދަންބަރު ހޮވާފައެވެ.
ހުދަންބަރަކީ އެންމެ އަގުބޮޑު މާވަހަރުގެ ބާވަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!