ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން ތެރެއިން ބަލިން ރަނގަޅުނުވެ ތިބި ދެމީހުން، ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އެއާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވީއެވެ.
އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ.
އެރަށު ތަޚުތު ބޯޓުގެ ކޭހާއި، 242 ބޯޓުގެ ކޭހާއިގުޅިގެން ކޯވިޑަށް ޕޮޒިޓިވްވީ ޖުމްލަ ފަސް މީހެކެވެ. އޭގެ ތެރެއިން ތިން މީހުން ކުރިން ވަނީ ދޫކޮށްލާފައި އެވެ.
"ކޯވިޑް-19 އަށް ހއ. އިހަވަންދޫން އިން ފައްސިވި އެންމެހާ ބޭފުޅުން ބަލިން ރަނގަޅުވުމާއި އެކު މިހާރު ވަނީ ދޫކޮށްލާފައެވެ. ކަރަންޓީނުގެ މުއްދަތުގައި ދެއްވި އެއްބާރުލެއްވުމަށާއި ކެތްތެރިކަމަށްޓަކައި ޝުކުރުދަންނަވަމެވެ."
=އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު=
އިހަވަންދޫން ފުރަތަމަ ކޯވިޑުގެ ކޭހެއް ފެނިފައި ވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުން ކޯވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އޯގަސްޓް 1 ވަނަ ދުވަހުއެވެ.
އިހަވަންދޫއިން 242 ބޯޓުގެ ކޭޝިއަރުގެ އިތުރުން އެ ބޯޓުގެ ކައްޕިއާއި، ތަޚުތު ބޯޓުގެ ދިވެހި ފަޅުވެރިއަކާއި އެ ބޯޓުގެ އިތުރު ދެ ބިދޭސީ ފަޅުވެރިޔަކު ވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވިއެވެ.
ކެލާ ސަވާރީ ބޯޓުގެ ކޭހާއިގުޅިގެން ޕޮޒިޓިވްވި 10 މީހުން ވެސް ބަލިން ފަސޭހަވުމުން މިހާރު ވަނީ ދޫކޮށްލައި ފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!