ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހުން ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ.

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ދެވަނަ އަދި ތިން ވަނައަށް ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ.

Ad
rt

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ވެސް ބަލިން ރަނގަޅުވުމާއި އެކު އިއްޔެވަނީ ދޫކޮށްލާފައި އެވެ. އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބަލިން ފަސޭހަ ވެގެން ދޫކޮށްލާފައި ވަނީ ތަހުތު ބޯޓުން ފަޅުވެރިއަކާއި، އަދި 242 ގެ ފަޅުވެރި އެކެވެ.

"ކޯވިޑް-19 އަށް ހއ. އިހަވަންދޫން ދެވަނަ އަދި ތިން ވަނައަށް ފައްސިވި މީހާ ބަލިން ރަނގަޅުވުމާއި އެކު މިހާރު ވަނީ ދޫކޮށް ލާފައެވެ. ކަރަންޓީނުގެ މުއްދަތުގައި ދެއްވި އެއްބާރުލެއްވުމަށާއި ކެތްތެރިކަމަށްޓަކައި ޝުކުރުދަންނަވަމެވެ."

=އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު=

އިހަވަންދޫން ފުރަތަމަ ކޯވިޑުގެ ކޭހެއް ފެނިފައި ވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުން ކޯވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އޯގަސްޓް 1 ވަނަ ދުވަހުއެވެ.

އިހަވަންދޫއިން ކޯވިޑަށް ޕޮޒިޓިވްވި 5 މީހުން ތެރެއިން 3 މީހުން ރަނގަޅުވެފައި ވާއިރު، ރަނގަޅު ނުވެ ދެން ތިބީ 2 މީހުންނެވެ. އެއީ 242 އަދި ތަޚުތު ބޯޓު ކޭހާއި ގުޅޭ ދެ ބިދޭސީންނެވެ.

ކެލާ ސަވާރީ ބޯޓުގެ ކޭހާއިގުޅިގެން ޕޮޒިޓިވްވި 10 މީހުން ވެސް ބަލިން ފަސޭހަވުމުން މިހާރު ވަނީ ދޫކޮށްލައި ފައެވެ.