242 ބޯޓުގެ އިތުރު ފަޅުވެރިއަކު މިރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫއިން މިބަލި ޖެހުނު މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ދަންވަރު ޕޮޒިޓިވްވެފައިވަނީ 242 ބޮޓުގެ ފަޅުވެރިއެއް ކަމަށާއި އެއީ ދިވެއްސެއްކަމަށެވެ.

Ad
rt

ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމުގެ ކުރިން ރަށް ފުރަބަންދަކަށް ދާންޖެހިދާނެ، ގޭގައި ތިއްބަވާ، ބައްދަލުވާ އަދަދު މަދުކުރޭ، އަޅަމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި،

ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ފޭސްބުކްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިއީ ކޯވިޑަށް ޓެސްޓު ކުރުމަށް މިއަދު އިހަވަންދޫން ނެގި 12 ސާމްޕަލް ތެރެއިން ޕޮޒިޓިވްވެފައިވާ 2 ވަނަ ފަރާތެވެ. މިރޭ 11 ޖަހާކަށް ހާއިރުވެސް އެރަށު ތަހުތު ބޯޓުގެ ފަޅުވެރިއަކުވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. ޓޫފޯޓޫ ބޯޓުގެ ކޭޝިއަރ ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން ރަށް މޮނިޓަރިންގެ ހާލަތައް ގެނައުމަށް ފަހު ކޮންޓެކްޓު ޓްރޭސިން ނިންމާ މިއަދު އިހަވަންދޫގެ މޮނިޓަރިންގެ ހާލަތުންވަނީ އުވާލާފައެވެ.

އެޗް.ޕީ.އޭ އިން އިހަވަންދޫ މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ކޯވިޑް އިހަވަންދޫ އޮޕްރޭޓިންގް ސެންޓަރަށް ލަފާދޭ ކޮމެޓީން ވަނީ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ރަށުގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައެވެ.

ޓޫފޯޓޫ ބޯޓް އަދި ތަހުތު ބޯޓްގެ އެއްވެސް ފަޅުވެރިޔަކާއި ކޮންޓެކްޓް ވެފައިވާނަމަ، ވީހާވެސް އަވަހަށް އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ނަންބަރު 6500284 އަށް ގުޅައި އެކަން އެންގުމަށް އެމަރުކަޒުން އެދެއެވެ.