ހޯރަފުށީގައި އިސްލާމީ މަރުކަޒެއް އަޅާނެ ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ
ހއ. ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށްޓަކައި ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހޯރަފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އިސްލާމީ މަރުކަޒު ބިނާކުރާނެ ބިމެއް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 14 ފެބުރުވަރީ 22026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:15 ގައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީ ކައުންސިލް އިދާރާ (އޯކިޑްވިލާ) ގަ...