ހއ. ހޯރަފުއްޓާއި، ހއ. އުލަގަމު ފުޓްސަލް ދަނޑު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
މިކަމަށް ހުޅުވާލަމުން އެ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހޯރަފުށީގައި ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް https://forms.gle/3eXP5u2xwZdSr5wj6 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ.
މީގެ އިތުރުން އުލިގަމުގައި ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުންވެސް 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން https://forms.gle/eQXj23d3ZyuAkAjV7 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރުމަށްފަހު ރަޖިސްޓްރީ ކުރުމަށް އެ އިއުލާނުގައިވެއެވެ.
އެގޮތުން މި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށާއި، މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 17 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހު ބީލަމާއި ގުޅޭ މައުލޫމާތުތަށް ހިއްސާ ކުރެވޭނެ ވާހަކަ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ބުނެފައިިވަނީ، ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 27 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 10:00 ގައި އެ ވުޒާރާގެ (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައިކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!