އެމްޓީސީސީން ހއ. ހޯރަފުށީގެ ތިންވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 27،300 ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ މަސައްކަތް ހިމެނެއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން 210 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް އަދި 210 މީޓަރުގެ ރޮކް އެޕްރަން އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން 50 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ބާކީ އޮތީ ވަގުތީ ގޮތުން އެޅިފައިވާ ބައި ނެގުމާއި، ސަރަހައްދު އެއްވަރުކުރުމުގެ މަސައްކަތް އެކަނި ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢަކީ ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެފައި، މި މަސައްކަތް ނިމުމުން ރަށުގެ ގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.