ހދ. ހޯރަފުށީ ކައުންސިލުގެ ހާއްސަ ޚިދުމަތުގެ އައްޑަ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނޭހެން އިތުރު ދެ ބޭފުޅަކަށް ރޭ ދީފިއެވެ.

މި އެވޯޑްތައް ދީފައި ވަނީ ހޯރަފުށީ ކައުންސިލުން ފާހަގަ ކުރަމުން އަންނަ ''ހޯރަފުށީ ދުވަސް'' ފާހަގަކުރަން ރޭ އެރަށުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.

Ad
rt

މި ޖަލްސާގައި ކުރީގެ ރައީސް ޞާލިޙަށް އަރުވާފައި ވަނީ ހޯރަފުށީ ކައުންސިލުގެ ހާއްސަ ޚިދުމަތުގެ އައްޑަނައިގެ ގޮތުގައި ''ސިރީނަރަވަންނަ އައްޑަނަ''އެވެ. އެ އަށްޑަނަ ޞާލިޙަށް އެރުވީ އެއީ ހޯރަފުށީގެ ތަރައްޤީގެ ބާނީކަމަށް ވާތީކަމަށް އެ ކައުންސިލުން ރޭ ބުންޏެވެ. އަދި އެއީ އެންމެ ގަދަރުވެރި ޝަރަފްވެރި އައްޑަނަ ކަމަށް ވެސް ބުންޏެވެ.

މި އެވޯޑް ޞާލިޙަށް އެރުވީ 19 ވަނަ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި އެ މަޖިލީހުގެ ދެވަނަ ނައިބު ރައީސް އަހްމަދު ސަލީމް (ސައްލެ) އާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު (ވައްޑެ) އެވެ.

މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލުގެ ހާއްސަ ޚިދުމަތުގެ އައްޑަ ދެން އެރުވި އަނެއް ދެ ބޭފުޅުންނަކީ އެމްޑީޕީގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު ފުރުއްވި، މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި ހުންނެވި އާދަމް އާޒިމަށާއި، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)، ޗަމްޕާ ބްރަދާސް، އަށެވެ.

މި އެވޯޑްތައް ހަވާލުކޮށްދެއްވީ ކުރީގެ ރައީސް ޞާލިޙެވެ. އުއްޗުގެ އެވޯޑާއި ހަވާލުވެލެއްވީ ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އިމާދެވެ. އާދަމް އާޒިމްގެ އެވޯޑާއި ހަވާލުވެލެއްވީ އޭނާ އެވެ.

ހޯރަފުށީ ކައުންސިލުން ބުނިގޮތުގައި އާދަމް އާޒިމް ވަނީ އެމްޓީސީސީގެ ވެރިއަކަށް ހުންނަވައިގެން ހޯރަފުއްޓަށް ބޮޑު ޚިދުމަތެއް ކުރަށްވާފައެވެ. އަދި އުއްޗު އަކީ ހޯރަފުށީގެ ކުރިއެރުމަށް އެންމެ އެހީތެރިވެ ދެއްވި މަދަދުގާރު އަދި ވިޔަފާރިވެރިޔާ ކަމަށް ވަނީ ބުނެފައެވެ.

''ހޯރަފުށީ ދުވަސް'' ހޯރަފުށީ ކައުންސިލް ފާހަގަކުރަން އެރަށު ކައުންސިލުން ރޭ ބޭއްވި ޖަލްސާގައި އެރަށަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދިން ފަރާތްތަކަށާއި ރަށުގެ ޚިދުމަތްތެރީންގެ އަގު ވަޒަންކުރުން ވެސް އޮތެވެ.