ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" މިއަދު ހަވީރުގެ މެޗުގައި އުތީމާއި ހޯރަފުށި ބައްދަލުކުރި މެޗު 4-3 އިން އުތީމު ކާމިޔާބުކޮށްފިއެވެ.
އުތީމުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ އުތީމުންނެވެ. މިގޮތުން އުތީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި އުތީމުގެ ޖާޒީ ނަމްބަރު 7 އަހްމަދު މަޒީން ހޯރަފުށީ ގޯލަށް ފޮނުވާލި ބޯޅަ، ކީޕަރު ކައިރި ހުރި އުތީމުގެ ޖާޒީ ނަމްބަރު 16 ރިޝްވާން އިބްރާހިމް ރަޝީދު މޫސާ ހޯދައި ގޯލައް ވައްދާލައިގެންނެވެ.
ދެވަނަ ލަނޑު ޖަހައިދީ އުތީމަށް ލީޑު ފުޅާކޮށްދިނީ ޖާޒީ ނަންބަރު 17 މުހައްމަދު އައިލަމް ޢަބުދުﷲ އެވެ. މިއީ ހޯރަފުށީގެ އިމްދާދު ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ގޯލުގެ ކަނަށް ވައްދާލައިގެން އައިލަމް ޖަހައިދިން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ހޯރަފުށިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ގޯލު ޖައިދިނީ ހޯރަފުށްޓަށް މި މެޗުގައި ތިން ލަނޑު ވެސް ޖަހައިދިން ޖާޒީ ނަމްބަރު 11 އަލީ ޒިޔާދު މުހައްމަދެވެ.
މެޗުގެ ފުރަމަ ހާފު ނިމުނީ 2-1 އިން އުތީމު ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި އުތީމަށް ލީޑު ފުޅާކޮށްދިނީ ޖާޒީ ނަމްބަރު 7 އަހްމަދު މަޒީންއެވެ. މަޒީންގެ މި ގޯލަށްފަހު މާ ގިނައިރެއްނުވެ، އުތީމުގެ ހަތަރު ވަނަ ލަނޑު ރިޝްވާން އިބްރާހިމް ރަޝީދު މޫސާ ވަނީ ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ނަތީޖާ 4-1 އިން އުތީމު ކުރީގައި އޮއްވައި ހޯރަފުށީގެ އަލީ ޒިޔާދު ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-3 ލަނޑަށް ނަތީޖާ ފަރަގު ކުޑަކޮށްފައެވެ. މިތަނުން ފަހު ލަނޑަކީ މެޗުގެ އެންމެ ފަހު މިނިޓްގައި އުތީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ރިފާއު އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީއެއްގައި ޒިޔާދު ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެެރިޔަކަށް ހޮވުނީ އުތީމަށް ދެ ލަނޑު ޖަަހައިދިން ރިޝްވާން އިބްރާހިމް ރަޝީދު މޫސާ އެވެ.
މިއީ މި މުބާރާތުގެ ގްރޫޕް އޭ ގައި މި ދެ ޓީމުން ކުޅުނު ތިން ވަނަ މެޗެވެ. މިއަދުގެ މެޗުގެ ކުރިން ކުޅުނު ދެ މެޗުގައި އުތީމަ ވަނީ އެއްވަރު ވެފައެވެ. މިއަދުގެ ބައްޔާއެކު ހޯރަފުއްޓަށް އަދި މެޗަކުން މޮޅެއް ނުވެއެވެ. މިއިން ކޮންމެ ޓީމަކަށް ވެސް އަދި ބާކީ އެއްމެޗު އޮންނާނެއެވެ.
މި މުބާރާތުގެ މެޗެއް މިރޭ ވެސް ކުޅޭނެއެވެ. މިރޭ 8:30 ގައި ފަށާ މި މެޗުގައި ކުޅޭނީ ފިއްލަދޫ އާއި ފަހުގެ ޗެމްޕިއަން އިހަވަންދޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!